ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަކާއި އިތުރު ބަހާތައް ގާއިމު ކުރަނީ

ފުލުހުންގެ ޕްރޮފެޝަނަލް ފްރޭމްވޯކު ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަނެންސް އަދި ޑިޒިޝަން މޭކިން ނިޒާމުގައި އެ އޮނިގަނޑު ބޭނުންކުރަން ފެށުންވެސް ޕްލާނުގައި ހިމަނާފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ -- މިންނު އާދަމް ހަލީމް | މި

ސްކޭމުތައް ހުއްޓުވުމަށް ފުލުހުންގެ ޚިދުމަތުގައި އެންޓި-ސްކޭމް ސެންޓަރެއް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ގާއިމު ކުރަން ނިންމައިފި އެވެ. 

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހުރި ފުލުހުންގެ ސްޓްރެޓެޖިކް ޕްލާނުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހާސިލުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ސްކޭމުގެ ޝިކާރައަކަށްވުން މަދުކުރުމަށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ. 

ސްކޭމުތައް ހުއްޓުވުމަށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ އިތުރަށް، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް މސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއެއް އެކުލަވައިލާ، މަސްތުވާތަކެއްޗާއި އަނިޔާވެރި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ހާއްސަ ބަހާއެއް ފުލުހުންގެ ހިދުމަތުގައި ގާއިމުކުރަންވަނީ ނިންމާފައެވެ. 

އޭގެ އިތުރަށް ފުލުހުން ފަށާފައިވާ ނެއިބާހުޑް ޕޮލިސިންގެ މަސައްކަތް އިތުރަށް ހަރަދަނާ ކުރުމަށް ލޯކަލް ޕޮލިސިން ސްޓްރެޓިޖީއެއް މި ފަސް އަހަރު ތެރޭ އެކުލަވައިލެވި، އެ ސްޓްރެޓެޖީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަންފީޒުކުރެވޭނެކަމަށް އެ ޕްލޭނުގައި ބުނެފައިވެއެވެ.

އިތުރަށް އެ ޕްލޭނުގައި ބުނެފައިވަނީ މުސްތަަގުބަލަށް ފޯކަސްކުރާ ޑޭޓާގެ މައްޗަށް ބިނާކޮށް ހިންގާ ޕޮލިސިން ތަންފީޒު ކުރުމަށް ޑިޖިޓަލް އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ފުލުހުންގެ ހިދުމަތުގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ. 

އޭގެ އިތުރަށް ފުލުހުންގެ އާބަން ސެންޓަރުތަކުގައި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއެކު، ފުލުހުންގެ އަސާސީ ހުނަރުތައް ތަރައްގީކޮށް، ލީޑާޝިޕުގެ ހުރިހާ ފެންވަރެއްގެ ފުލުހުންނަށް މިޑެކެރިއާ ތަމްރީނު ޕްރޮގުރާމުތައް ފަސް އަހަރު ތެރޭ ފެށިގެންދާނެކަމަށް އެ ޕްލޭނުގައި ބަޔާންކޮށްފައިވެއެވެ. 

އޭގެ އިތުރަށް ފުލުހުންގެ ޕްރޮފެޝަނަލް ފްރޭމްވޯކު ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަނެންސް އަދި ޑިޒިޝަން މޭކިން ނިޒާމުގައި އެ އޮނިގަނޑު ބޭނުންކުރަން ފެށުންވެސް ޕްލާނުގައި ހިމަނާފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.