މުސާރައަ އިނާޔަތްތަކަށް ކުރާ ހޭދަ 13 އިންސައްތަ އިތުރުވެއްޖެ

ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރާ ހޭދައެވެ. އެގޮތުން މޭ މަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 5.4 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީ : ޓްރެޒަރީ ބިލް ގިނައިން ގަންނަނީ ވިޔަފާރި ބޭންކްތަކުން -- މިނިވަންގެ ފޮޓޯއެއް

ސަރުކާރުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ފާއިތުވި އަހަރާ އަޅާބަލާއިރު ތޭރަ އިންސައްތަ އިތުރު ވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. 

މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު އެއްފަހަރު ޝާއިއުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ ދައުލަތުން ޚަރަދުކޮށްފައިވަނީ 17.3 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.8 ބިލިއަން ރުފިޔާއެވެ. 

އެހެންކަމުން މޭ މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު ނުވަތަ ބެޖެޓު ދަރަނިވަނީ  2.4 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. 

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު ރިކަރަންޓު ޚަރަދުތައްވަނީ 13.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 5.1 އިންސައްތައިގެ އިތުރުވުމެކެވެ. ފާއިތުވި އަހަރު ރިކަރަންޓު ހަރަދުގެ ގޮތުގައި އެ މުއްދަތުގައި ހޭދަވެފައިވަނީ  13.1 ބިލިއަން ރުފިޔާއެވެ. 

ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރާ ހޭދައެވެ. އެގޮތުން މޭ މަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 5.4 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުވި 4.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މި އަހަރު މުސާރައަށް ކުރި ހަރަދުވަނީ 614 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. އެއީ ތޭރަ އިންސައްތައިގެ އިތުރުވުމެކެވެ. 

ބަޖެޓުގެ ދަރަންޏަށް ބަލާއިރު ފާއިތުވި އަހަރު ބަޖެޓުގެ ޖުމްލަ ދަރަނި މޭ މަހުގެ ނިޔަލަށް ހުރީ ފަސް ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ މޭ މަހުގެ ނިޔަލަށް ބަޖެޓުގެ ދަރަނި އަރާފައިވަނީ 2.4 ބިލިއަން ރުފިޔާއަށެވެ. އެއީ ގާތްގަނޑަކަށް 50 އިންސައްތަ ދަށްވުމެކެވެ. 

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހަރަދުތައް އުނިކުރުމަށްފަހު ހަރަދާއި އާމްދަނީގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓަށް ބަލާއިރު މޭ މަހުގެ ނިޔަލަށް އެ އަދަދު ހުރީ 851 މިލިއަން ރުފިޔާގައެވެ. ނިމުނު އަހަރު އެ އަދަދު ހުރީ 3.03 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މި އަހަރުގެ ޕްރައިމަރީ ޑެފިސިޓުވަނީ 70 އިންސައްތައިން ދަށްކުރެވިފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.