މި އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށް ވެސް ބުންޏެވެ.
މެރިން ފުލުހުން ބުނީ މިރޭ 11:00 އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށް ވެސް ބުންޏެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
އެކްސިޑެންޓް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
ދެ ލޯންޗަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފަ އެވެ.