ސިޔާދަތަށް ނުރައްކާވާ ގޮތަށް ކޮށްފައިހުރި ކަންކަން 241 ކޮމިޓީން ބަލަންޖެހޭ: އަޒާން

އަޒާން ވިދާޅުވީ ރައީސް މުއިއްޒް އިންތިހާބު ކުރުމަށް ރައްޔިތުން ނިންމީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަމަށް އެ ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާވާ ގޮތަށް ކުރީ ސަރުކާރުން ހިންގާފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަންޖެހޭނެކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާމެދު ހިޔާލު ހުށަހަޅުއްވަމުން އަޒާން ވިދާޅުވީ ފާއިތުވި އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުކުރި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. 

އަޒާން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަށް ވޯޓުދީ އެމަނިކުފާނު އިންތިހާބުކުރުމަށް ރައްޔިތުން ނިންމީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަމަށް އެ ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ. 

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަދި 241 ކޮމިޓީގެ އެންމެ ބޮޑު އެއް ޒިންމާއަކަށްވާނީ ސަރުކާރަށް އައުމަށް އެއިރު އިދިކޮޅު ފަރާތްތަކުން ދައްކާފައިވާ ވާހަކަތައް ބަލައި ތަހުގީގުކުރުންކަމަށާއި، އެގޮތުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް ހިނގާފައި ހުރިކަމަށް ބެލެވޭ ކަންކަން އެ ކޮމިޓީން ބަލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ހިނގާފައި ހުރިކަން އެއީ އެނގޭ ކަމެއް. އެހެންވީމާ މިކޮމިޓީން މިކޮމިޓީއަށް ގާނޫނުއަސާސީން ދީފައިވާ ބާރުތައް ބޭނުންކޮށްގެން އަޅުގަނޑުމެން އެބަޖެހޭ އެކަންތައްތައް ތަހުގީގުކުރަން.،"

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވިއެވެ.

މިއަދު އޮތީ 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުންކަން ފާހަގަކުރައްވައި އަޒާން އެދިވަޑައިގަތީ ކޮމިޓީގެ މަސައްކަތްތައް ހިންގާނެ ގޮތް ނިންމާއިރު އެފަދަ މައްސަލަތަކަށް އިސްކަންދީ، އެ މައްސަލަތައް ބެލުމަށް ފަހިވާނެ ގޮތަށް ކޮމިޓީގެ މަސައްކަތްތައް ތަރުތީބުކުރުމަށެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކޮންގުރެސް ޕާޓީ ހިމެނޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރި ގޮތުގައި ފާއިތުވި އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް ގިނަ ކަންތައްތަކެއް ހިންގައި، އިންޑިޔާއާއެކު ގޮތް ނޭނގޭ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.