ފަލާހު އިންތިހާބުކުރަން ޝާހިދު ހުށަހެޅުއްވުމުން ސަލީމު އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. ފަލާހުވެސް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމައެކަނި ކޮމިޓީކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމު އަދި ކޮމިޓީގެ ނައިބު މުގައްރިރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އިންތިހާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލާނެ ގޮތް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ ފަރާތުން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ގޮތަށެވެ. އެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓިގައި ތޭރަ މެންބަރުން ތިއްބަވާ ގޮތަށް ކަނޑައެޅުމަށެވެ.
ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޭރަ މެންބަރުންނަކީ:
ކޮމިޓީގެ މުގައްރިރަކަށް ސަލީމުގެ ނަންފުޅު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހެވެ. ސަލީމު މުގައްރިރަކަށް އިންތިހާބުކުރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
ނައިބު މުގައްރިރަކަށް ފަލާހު އިންތިހާބުކުރަން ޝާހިދު ހުށަހެޅުއްވުމުން ސަލީމު އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. ފަލާހުވެސް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.