ބީއެމްއެލް މާފުށީ ބްރާންޗު ފުޅާކޮށް، ޑޮލަރު ޖަމާކޮށް ނެގުމުގެ ހިދުމަތް

ބީއެމްއެލްއިން ބުނީ މިހާރު މާފުށީ ބްރާންޗުން ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

ބީއެމްއެލް މާފުށީ ބްރާންޑް : މިހާރު ވަނީ ހިދުމަތް އިތުރުކޮށްފައި

ރާއްޖޭގެ އެންމެ ގިނަ ޑޮލަރު ރޯލްކުރާ ރަށް ކަމަށްވާ މާފުށީ ބީއެމްއެލް ބްރާންޗުން ޑޮލަރު ޖަމާ ކުރުމާއި ނެގުމުގެ ހިދުމަތާއެކު ހިދުމަތް ވަރުގަދަ ކޮށްފި އެވެ.

ބީއެމްއެލްއިން ގެނައި ބަދަލާއެކު، ރާއްޖޭގެ ކުޑަ ބްރާންޗަރުން ނުދޭ ހިދުމަތްތައް ވަނީ މާފުށީގައި ދޭން ފަށާފަ އެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތްވެސް ހިމެނެ އެވެ.

މާފުށި ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ފުޅާ ކުރުމާ ބެހޭ ގޮތުން އެ ބޭންކުން ބުނީ ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އައު ހިދުމަތްތަކެއް މިހާރު ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ބީއެމްއެލް ގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، މި ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިން ހިދުމަތަށް އޮތް ޑިމާންޑް ވެސް ބޮޑެވެ.

"މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި ވިޔަފާރިތަކަށް އަދި މި ރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ނިމާލް ވިދާޅުވި އެވެ.

ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސާވިސް ބޭންކިން ސެންޓަރު 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.