ރާއްޖެއަަށް ނުދިނުމަށާ ރާއްޖޭގައި ތިބި އިޒްރޭލް މީހުން ފައިބަން އަންގައިފި

ގައިރުގާނޫނީ އިޒްރޭލްގެ ދައުލަތުން ވަނީ ރާއްޖެއަށް ދަތުރު ނުކުރަން އެ ގައުމުގެ މީހުންނަށް އަންގާފަ އެވެ.

އިޒްރޭލްގެ އެއާޕޯޓެއްްގެ ބޭރު

ރާއްޖެއަަށް ނުދިނުމަށާ ރާއްޖޭގައި ތިބި އިޒްރޭލް މީހުން ވީހާވެސް އަވަހަށް ފުރަން އެ ގައުމުން އަންގައިފި އެވެ.

ފަލަސްތީނުގައި ވަޒަންވެރީންނާއި ދެކޮޅަށް ވަޒަނެއް ނެތް ޔަހޫދީން ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ރާއްޖެއިން ދަނީ އިޒްރޭލާ އެ މީހުންގެ ބައިވެރީން ހައިރާން ވާފަދަ ގަދަ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ދިވެހީން ފަލަސްތީނާ އެކު ތިބިކަން ހާމަކޮށް ރައީސް މުއިއްޒު ވަނީ އިޒްރޭލްގެ ވެރީން އިންސާފުގެ ކުރިމައްޗަަށް ގެނެސް ހައްގު އަދަބު ދޭން ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އަދި ކެބިނެޓް އެއްކުރައްވާ އެމަނިކުފާނު ވަނީ އިޒްރޭލްގެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ގާނޫނަށް ބަދަލުތަކެއް ގެނައުމަށް މިއަދު ވަނީ ނިންމަވާފަ އެވެ.

މި ނިންމުމާމެދު ގައިރުގާނޫނީ އިޒްރޭލްގެ ދައުލަތުން ވަނީ ރާއްޖެއަށް ދަތުރު ނުކުރަން އެ ގައުމުގެ މީހުންނަށް އަންގާފަ އެވެ. އިޒްރޭލް މީހުންނަށް ރާއްޖެއަކީ ރައްކާތެރި ގައުމެއް ނޫން ކަމަަށް ވެސް ބުންޏެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި އިޒްރޭލް މީހުން އަވަހަށް ފުރަން ވެސް އެދިފައިވެ އެވެ.

ކެބިނެޓްގެ ނިންމެވުންތައް ހާމަކުރައްވާ ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރާއި ބަންޑާރަ ނާއިބު އަހްމަދު އުޝާމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާ އެކު އިޒްރޭލްގެ ޕާސްޕޯޓް ގައި ރާއްޖެ އަށް އެތެރެވުން ހުއްޓުވުމަށް ގިނަ ދުވަސްތަކެއް ހޭދަ ވެގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައި ގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސްގެ ސްޕެޝިއަލް އެންވޯއި އެއް ކަނޑައަޅުއްވަން ވެސް ވަނީ ނިންމަވާފަ އެވެ.

އަދި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭ ގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީއާ ގުޅިގެންނެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހާއްސަ ހިނގާލުމެއް ބާއްވަން ވެސް ވަނީ ވަނީ ނިންމަވާފަ އެވެ. ނަމަވެސް އެ ހިނގާލުން އޮންނާނެ ދުވަހެއް އަދި ކަނޑައެއް ނާޅުއްވަ އެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.