ބިލްތަކާ ގުޅޭ ޝަކުވާއަށް ހުޅުވާލައިފި، 24 ގަޑިއިރުތެރޭ ޖަވާބު ދޭނެ

ސްޓެލްކޯ އިން ބުނީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ހުށައަޅަން ބޭނުންވާ ޝަކުވާތައް ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލްޑިންގެ ނަންބަރު 7788438 އަށް ފޮނުވޭނެ ކަމަށެވެ.

ސްޓެލްކޯ --

ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ހުށައަޅަން ބޭނުންވާ ޝަކުވާތަކަށް ކަރަންޓް ކުންފުނި -- ސްޓްލެކޯ އިން ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ހުށައަޅަން ބޭނުންވާ ޝަކުވާތައް ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލްޑިންގެ ނަންބަރު 7788438 އަށް ފޮނުވޭނެ ކަމަށެވެ. ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ވެސް ޝަކުވާގެ މެސެޖު ފޮނުވާނެ އެވެ.

އީ-މެއިލް މެދުވެރިކޮށް billig@stelco.com.mv އަށް ފޮނުވޭނެ އެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުން ހުށައަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުގެތެރޭގައި ޖަވާބުދިނުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ހުށައަޅަން ބޭނުންވާ ޝަކުވާތަކަށް އަބަދުވެސް ފުރުސަތު އޮވެ އެވެ. އެކަން ހަނދާން ކޮށްދީ ސްޓެލްކޯ އިން ޕޯސްޓެއް މި ކުރީ މި މަހު ފޮނުވި ކަރަންޓް ބިލް ވަރަށް ބޮޑު ކަމަށް ބުނެ އާންމުންގެ ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށެވެ. ބައެއް ގޭގެއަށް މި މަހު ފޮނުވި ކަރަންޓް ބިލްތައް ކުރީ އެހެން މަސްތަކަށް ވުރެ ދެ ގުނަ ބޮޑެވެ. އެކަމާއި ގުޅިގެން އިހްތިޖާޖު ކުުރުމަށް ވެސް ބައެއް މީހުން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.