ކައުންސިލްތަކުން ހުސްވި ގޮނޑިތަކުގެ ބައި-އިލެކްޝަން ޖުލައި 20 ގައި

ގިނަ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ މިދިޔަ އަންގާރަ ދުވަހު ފެށުނު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންތިހާބުވެވަޑައިގަތުމުންނެވެ.

އިންތިހާބެއް ގައި މީހަކު ވޯޓު ލަނީ: ކައުންސިލްތަކުގެ ބައި-އިލެކްޝަން ޖުލައި 20 ގައި ބާއްވަން ވަނީ ނިންމާފައި

ކައުންސިލްތަކުގައި ހުސްވެފައިވާ ގޮނޑިތަކުގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ވަނީ ހުސް ވެފައިވާ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލުމަށް ވެސް އިއުލާނު ކޮށްފަ އެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.

ބައި-އިލެކްޝަން ބާއްވާ ދާއިރާ ތަކަކީ:

  •  ޅ. އަތޮޅު ކައުންސިލް ރައީސް
  •  ފ. ބިލެތްދޫ ކައުންސިލް ރައީސް
  •  ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (އުތުރު)
  •  ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
  •  ހެންވޭރު ހުޅަނގު ދާއިރާ
  •  މައްޗަންގޮޅި މެދު ދާއިރާ
  •  ހުޅުމާލެ ދާއިރާ
  •  ރ. ރަސްމާދޫ ކައުންސިލް މެންބަރު (އަންހެން)

މީގެ ތެރެއިން ގިނަ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ މިދިޔަ އަންގާރަ ދުވަހު ފެށުނު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންތިހާބުވެވަޑައިގަތުމުންނެވެ.

އެ ގޮތުން، މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ.

އަދި، ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވީ ޔާސީން އަބްދުﷲ ވަނީ ނައިފަރު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ. ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަސްލަމް ވެސް ވަނީ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. މިއީ ބިލެތްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ދާއިރާގެ ގޮނޑި ފުރާ ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު ވެސް ވަނީ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

ވިހިވަނަ މަޖިލީހަށް މި ހުރިހާ ބޭފުޅުން ވެސް އިންތިހާބުވެވަޑައިގެންނެވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ނުވަތަ ސަރުކާރުގެ ތާއީދާއެކު އެވެ.

އީސީ އިން ވަނީ ޅ. ހިންނަވަރާއި ބިލެއްދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރަން ހަމަ އެ ދުވަހު ބައި-އިލެކްޝަން ބާއްވަން ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.