ދުންފަތުން ޖެހޭ ބަލިތަކުގައި ރާއްޖޭން އަހަރަކު 150 މަރު

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ އިން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.

ދުންފަތާ ދެކޮޅު ކެމްޕެއިންގެ ބޯޑެއް

ރާއްޖޭގައި އެވްރެޖްކޮށް އަހަރަކު 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުގައި މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންދާޒާ ކޮށްފައިވާ ކަމަށް ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ދުންފަތުގެ ސަަބަބުން ޖެހޭ ބަލިތަކަކީ ވޭން ދެނިވި ބަލިތަކެއް ކަަށާ އެއީ ބަލި މީހާއަށް އެތައް ހިތްދަތި ކަމަކާއި ވޭންތަކެއް ތަހައްމަލު ކުރަން ޖެހޭ ބަލިތަކެއް ކަމަށެވެ.

އެފަދަ ބަލިތަކުގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވެސް ހުރީ ވަރަށް މަތީ އިންސައްތައެއްގައި ކަމަށާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންދާޒާ ކޮށްފައިވާ ގޮތުގައި ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި ރާއްޖޭގައި ދެ ދުވަހުން މީހަކު މަރުވާ ކަމަށެވެ.

އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ އިން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަން ވަނީ ފާހަގަ ކޮށްފަ އެވެ. 

"މި ބަލިތައް ތަހަންމަލު ކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާ އަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގްތިސޯދަށް ކުރުމެވެ،" ހެލްތުގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.