އެމްއެންޑީއެފްގެ ތަރުޖަމާން ވިދާޅުވީ ލިފްޓްގައި ތާށިވި ކުއްޖާ ސަލާމަތް ކޮށް ލިފްޓަށް ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ސެކަންޑް ފޭސް ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ ޓަވަރެއްގެ ލިފްޓް ގައި ކުއްޖަކު ތާށިވެއްޖެ އެވެ.
އެ ހާދިސާގެ ރިޕޯޓް ލިބުމުން ސިފައިންގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން ވިދާޅުވީ ލިފްޓްގައި ތާށިވި ކުއްޖާ ސަލާމަތް ކޮށް ލިފްޓަށް ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ލިފްޓް ހުއްޓި ލިފްޓްތެރޭ މީހުން ތާށިވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. ނަމަވެސް ހިތާމަވެރި ބޮޑު ހާދިސާއެއް ހިނގާފައެއް ނުވެ އެވެ.