ރިސޯޓު ތަރައްޤީކުރަން 17 ރަށެއް ދޫކުރަން އިއުލާނު ކޮށްފި

އިއުލާނުގައިވާ ގޮތުން އެންމެ ބޮޑު އިކުއިޒިޝަން ކޯސްޓެއް ކަނޑައަޅާފައި ވަނީ މާލެ އަތޮޅުގައި އޮންނަ ހިއްމިޔާ ފަޅަށެވެ.

ދުބާއީގެ އަލްމަހްރާ ކުންފުނިން ލ. ފޮނަގާދޫގައި ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ ރިސޯޓުގެ ކުރެހުމެއް
  • ދޫކުރަނީ 11 އަތޮޅަކުން 17 ރަށާއި ފަޅު

ރިސޯޓު ތަރައްޤީ ކުރަން 17 ރަށާއި ފަޅު ދޫކުރަން ޕްރޮޕޯޒަލް ހުށަހެޅުމަށް ޓުއަރިޒަމް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ. 

އިއްޔެ ޓުއަރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި 11 އަތޮޅަކުން 17 ފަޅާއި ރަށް ދޫކުރަން އިއުލާނު ކޮށްފައި ވެއެވެ. އަދި އެ އިއުލާނުގައި އެ ފަޅާއި ރަށްތަކުގެ އިކުއިޒިޝަން ކޯސްޓް ވެސް ހިމަނާފައި ވެއެވެ. 

މިނިސްޓަރީގެ އެ އިއުލާނުގައިވާ ގޮތުން އެންމެ ބޮޑު އިކުއިޒިޝަން ކޯސްޓެއް ކަނޑައަޅާފައި ވަނީ މާލެ އަތޮޅުގައި އޮންނަ ހިއްމިޔާ ފަޅަށެވެ. އެ ފަޅުން 712 ހެކްޓަރު ދޫކުރަން ނިންމާފައި ވާއިރު އެ ފަޅުގެ އިކުއިޒިޝަން ކޯސްޓަކައި 23.5 މިލިއަން ޑޮލަރެވެ. 

މާލެ އަތޮޅު ހިއްމިއްޔާ ފަޅުގެ އިތުރަށް މާލެ އަތޮޅުގެ އިތުރު ފަޅަކުން 46 ހެކްޓަރު ދޫކުރަން ވެސް އިއުލާނު ކޮށްފައި ވެއެވެ. އެ ފަޅުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10.9 މިލިއަން ޑޮލަރެވެ. 

މީގެ އިތުރަށް ތ. އަތޮޅުން ހަތަރު ރަށާއި، ލ. އަތޮޅުން ތިން ރަށާއި ގއ. އަދި ގދ. އިން އެއް ރަށް ދޫކުރަން ވެސް އިއުލާނު ކޮށްފައި ވެއެވެ. ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމެއް ވެސް ދޫކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން ށ. އަތޮޅާއި ރ. އަތޮޅުން އެއް ރަށް އަދި ޅ. އަތޮޅުން ދެ ރަށް ދޫކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.