މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން ޖުލައި 20 ގައި

މިއަދުން ފެށިގެން އިންތިހާބަށް ވަނީ ހުޅުވާލާފަ އެވެ. އަދި ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

މާލޭ ސިޓީން ހުސްވި ތިން ގޮނޑި ކުރީން ފުރުއްވި ބޭފުޅުން -- ދުވަސްގެ ފޮޓޯއެއް

މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން ބާއްވާނެ ތާރީހު ކަނޑައަޅާ އިންތިހާބަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ހުސްވީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އެވެ.

އެ ގޮނޑިތައް ހުސްވީ އެ ދާއިރާތަކުގެ ކައުންސިލަރު ކަމުގައި ތިއްބެވި ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެ އެ ބޭފުޅުންގެ ދައުރު ފެށުމުންނެވެ. ވިހިވަަނަ މަޖިލީހުގެ ދައުރު މިދިޔަ އަންގާރަ ދުވަހު ވަނީ ފަށާފަ އެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު އެވެ. ޝުޖާއު އަކީ ބާރަށު ދާއިރާގެ މެންބަރެވެ.

ވިހިވަނަ މަޖިލީހަށް މި ތިން ބޭފުޅުން ވެސް އިންތިހާބުވެވަޑައިގެންނެވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓްގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާ މިއަދުން ފެށިގެން އިންތިހާބަށް ހުޅުވާލާފައިވާ ކަމަށެވެ. ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.