ސިންގަޕޫރު އެއާލައިންސްގެ ބޯޓު ފަސް ސިކުންތުތެރޭ 178 ފޫޓު ތިރިއަށް ވެއްޓުނު: ރިޕޯޓް

ސިންގަޕޫރު އެއާލައިންސް އިން ބުނި ގޮތުގައި ފްލައިޓުގައި ދަތުރުކުރި 42 ފަސިންޖަރަކު އަދިވެސް ތިބީ ބެންކޮކްގަ އެވެ. އޭގެ ތެރެއިން 26 ފަސިންޖަރުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެނެވެ.

ބޯޓް ކޮޅިގަނޑުގައި ޖެހުނު ވަގުތު ބޯޓުގެ އެތެރޭގެ ހާލަތު ފެންނަ ފޮޓޯއެއް

ލަންޑަނަށް ދިޔުމަށް މިޔަންމާ މަތިން ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހި ހިނގި ހާދިސާގައި އިނގިރޭސި ފަސިންޖަރަކު މަރުވެ އެތައް ބަޔަކަށް އަނިޔާވި މައްސަލައަށް ފަހު ސިންގަޕޫރުގެ އިންވެސްޓިގޭޓަރުން ވަނީ މަތިންދާބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑާ އާއި ކޮކްޕިޓް ވޮއިސް ރެކޯޑަރުގައި ރައްކާ ކޮށްފައި ހުރި ޑޭޓާތައް ނަގާފަ އެވެ.

ސިންގަޕޫރު އެއާލައިންސް އިން ބުނީ އިންވެސްޓިގޭޓަރުންނަށް އެއްބާރުލުން ދީ، ގެއްލުންވި ފަސިންޖަރުންނާއި ކުރޫންނަށް އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި މެޑިކަލް އަދި ހޮސްޕިޓަލުގެ ހަރަދުތައް ވެސް ހިމެނޭ ކަމަށެވެ.

ޓްރާންސްޕޯޓް ސޭފްޓީ އިންވެސްޓިގޭޝަން ބިއުރޯ (ޓީއެސްއައިބީ) ގެ އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި ގްރެވިޓޭޝަނަލް ފޯސް އާއި އެލްޓިޓިއުޑް ޑްރޮޕަށް އައި ކުއްލި ބަދަލުގެ ސަބަބުން ދުރު މިން ގާތްގަނޑަކަށް އިޓަލީގެ ލީނިން ޓަވަރު އޮފް ޕީސާގެ އުސްމިނާ އެއްވަރަށް ބޯޓު ތިރިއަށް ދިޔަ އެވެ.

ރަނގަޅަށް ފްލައިޓް ދަތުރު ކުރަމުން ގޮސް މިއީ މިޔަންމާގެ ދެކުނުން 37،000 ފޫޓް (11،300 މީޓަރު) ގެ ސަރަހައްދުގައި "ޑިވެލޮޕިން ކޮންވެކްޓިވް އެކްޓިވިޓީ" އެއްގެ މަތިން އުދުހުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ބެލެވެ އެވެ. އެ ހާދިސާގައި 4.6 ސިކުންތުގެ ގެ ކުޑަ ވަގުތުކޮޅެއްގައި ގުރެވިޓޭޝަނަށް އައި ހަލުއި ބަދަލުތަކުގެ ސަބަބުން 178 ފޫޓް (54 މީޓަރު) ތިރިވި އެވެ. މީ 37،362 ފޫޓުން 37،184 ފޫޓަށް ވެއްޓުން ކަމަށް ޓީއެސްއައިބީގެ ރިޕޯޓުގައިވެ އެވެ. އަދި ކުރޫއާއި ފަސިންޖަރުންނަށް އަނިޔާވީ އެހެން ދިމާވުމުން ކަމަށް ރިޕޯޓް ބުނެއެވެ. ކެބިންގައި ޒަހަމްވެފައިވާ ފަސިންޖަރުން ތިބިކަން ކްރޫއިން ޕައިލެޓުންނަށް އެންގުމުން ތައިލެންޑްގެ ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓަށް ޑައިވާޓް ކުރުމަށް ނިންމީ ކަމަށް ވެސް ބުނެފައި ވެއެވެ.

ޓާބިއުލެންސް އިވެންޓް ހިނގިތާ ގާތްގަނޑަކަށް 17 މިނެޓު ފަހުން ޕައިލެޓުންނަށް "37،000 ފޫޓުން" ފްލައިޓް ކޮންޓްރޯލު ކުރެވުނު ކަމަށާއި ބެންކޮކަށް ދަތުރުކުރި އިރު ފްލައިޓަށް އިތުރު މައްސަލައެއް ދިމާ ނުވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓީއެސްއައިބީން ބުނީ އެ ކުންފުނީގެ ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ.
ސިންގަޕޫރު އެއާލައިންސްގެ ބޮއިން 777-300 އީއާރް މަރުކާގެ މަތިންދާ ބޯޓުގައި 211 ފަސިންޖަރުންނާއި 18 ކުރޫއިން ތިއްބެވެ.
އެ ބޯޓުގައި، ޖިއޯފް ކިޗަން، 73، މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޝައްކު ކުރެވިފައި ވެއެވެ. އަދި އިތުރު 104 ފަސިންޖަރުން ބެންކޮކްގެ ސަމިޓިވޭޖް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.

އެ ފްލައިޓުން ދަތުރުކުރި ދެމަފިރިން ކަމުގައިވާ ރަމީޒާ އާއި އަލީ ބުހާރީ ބުނި ގޮތުގައި ފްލައިޓް ދިޔައީ "ސީދާ ފްރީފޯލް" އަކަށެވެ. އެއީ ބިރުވެރި ވަގުތު ކޮޅެކެވެ. 

"އެއީ ވާޓިކަލް ރޯލާ ކޯސްޓާއަކުން ތިރިއަށް ދިއުން ކަހަލަ ކަމެއް،" އެއިން އެކަކު ބުނެފައި ވެއެވެ. "އޮކްސިޖަން މާސްކުތައް ހުރިހާ އެއްޗެއް ނުކުމެ، މަތިންދާބޯޓުގެ އެތެރޭގެ ބައިތައް އޮތީ ހަލާކުވެފައި. އަހަރެން ހީކުރީ އެއީ ކޮޅިގަނޑުގެ ބާރު ގަދަކަމުން ކަމަށް ނަމަވެސް އޭގެ ތެރެއިން ގިނަ ކަންތައްތަކެއް ދިމާވީ ސީޓްބެލްޓް ނާޅާ ތިބި އެންމެން ވިއްސައިގެން ގޮސް ފްލައިޓްގެ ސީލިންގްގައި ޖެހުމުން... އަހަންނަށް ފެނުނީ ސީލިންގްގައި ލޭ ހުރިތަން. މުޅި ފްލައިޓް ތެރެ އޮތީ ހަލަބޮލިވެފައި. ބައިވަރު މީހުން ތިބި ބިންމައްޗަށް ވެއްޓިފައި." 

ފްލައިޓުން ދަތުރުކުރި ކުރޫއިންނާއި ފަސިންޖަރުންނަށް އެހީތެރިކަން ފޯރު ކޮށްދެމުން ދެ އެވެ. އޭގެ ތެރޭގައި އެމީހުންގެ ބޭސްފަރުވާ އާއި ހޮސްޕިޓަލުގެ ހަރަދުތައް ކަވަރުކުރުމުގެ އިތުރުން އެމީހުންނަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

"ފަސިންޖަރުންނާއި ސްޓާފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް، ސިންގަޕޫރާއި ތައިލެންޑްގެ ސަރުކާރާއި ދެ ގައުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ގިނަ ޕާޓްނަރުންނާއި މެޑިކަލް ޓީމުތަކުން ފޯރުކޮށްދޭ އަގުހުރި އެހީތެރިކަން ވަރަށް ބޮޑަށް ބަލައިގަންނަން" " އެއާލައިނުން ބުނެފައިވެއެވެ. 

ސިންގަޕޫރު އެއާލައިންސް އިން ބުނި ގޮތުގައި ފްލައިޓުގައި ދަތުރުކުރި 42 ފަސިންޖަރަކު އަދިވެސް ތިބީ ބެންކޮކްގަ އެވެ. އޭގެ ތެރެއިން 26 ފަސިންޖަރުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.