އެލާޓުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު މެންދުރުފަހު 2:30 އާ ހަމައަށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފަ އެވެ.
އެލާޓުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައި މިވަނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވަނިކޮށެވެ. މިއަދާއި ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ބުނެ އިއްޔެ އެ އިދާރާއިން އިންޒާރު ވެސް ދީފައިވެ އެވެ.
އަދި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ކަނޑު ވަރަށް ގަދަ ކަމަށް ލަފާކޮށްފައިވާއިރު، މިއަދު ރާޅުގެ އުސްމިން ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑު ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.