ބީއެމްއެލް އިން ޗައިނީސް ޔުއާންއިން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ޗައިނީސް ޔުއާން ވިދާޅުވި ގޮތުގައި ޗައިނީސް ޔުއާން އާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތަށް ސިސްޓަމް ވަނީ ފައްކާކޮށްފަ އެވެ.

ބީއެމްއެލް ސީއީއޯ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ފައިސާ ދިރުހަމާއި ޗައިނީސްގެ ފައިސާ ޔުއާން އިން މުއާމަލާތް ކުރެވޭ ގޮތް ހަދަން ގައުމީ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ޗައިނީސް ޔުއާން އިން ކަސްޓަމަރުންނާ މުއާމަލާތް ކުރެވޭނެ ގޮތަށް ބޭންކުގެ ސިސްޓަމްތައް ކޮންފިގަރޭޓްކޮށް ފައްކާ ކޮށްފައިވާ ކަމަށާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މާކެޓުގެ 55 ޕަސެންޓް މަގާމު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. 

މާކެޓުގެ 55 ޕަަސެންޓާއެކު އެންމެ ވަރުގަދަ ބޭންކް

ތިޔަބޭފުޅުން ފަސްނުޖެހި އަޅުގަނޑުމެންނަށް ތިޔަ ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރަން. އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން،،" ކާލް ސްޓުމްކަ ވިދާޅުވި އެވެ. 

ބޭންކުގެ ކުރިމަގާ ގުޅޭ ގޮތުން ކާލް ވިދާޅުވީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކު ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފެހެއްޓުމަށެވެ.

" ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން،" ކާލް ވިދާޅުވި އެވެ. 

މިދިޔަ އަހަރު ބީއެމްއެލް - މިދިޔަ އަހަރު ބޭންކްއަޑް ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ. މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދެވެ. މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުމާއި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުންނެވެ. އަދި މިދިޔަ އަހަރު ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.