ސަމާލު! ކުރިއަށް އޮތީ ވެސް މޫސުން ގޯސް ދުވަސްތަކެއް

އެންޑީއެމްއޭއިން ބުނީ ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސްކަމަށާއި، މޫސުން ގޯސްވެގެން ލިބޭނެ ގެއްލުމަކަށް ސަމާލުވެ ތިބުން މުހިންމުކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެއްގަމު ދަތުރުކުރާ މީހުން ވެސް، ވައިގަދަ ވެގެން ހިނގާފާނެ ހާދިސާއަކަށް ސަމާލުކަން ދިނުން މުހިންމެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

އަނެއްކާވެސް ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސްކަމަށާއި، މޫސުން ގޯސްވެގެން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ. 

އެންޑީއެމްއޭއިން މިއަދު ބުނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަ ވަޔާ އެކު ކަނޑުތައް ވަރަށް ގަދަވެ، ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދޭކަމަށެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރެ އެވެ. 

ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވާ ކަންކަން

  •  ވާރޭވެހި ފެންބޮޑުވެދާނެކަމަށް ސަމާލުކަން ދިނުން
  •  ގެއަށް ފެން ނުވަންނާނެހެން މުހިންމު ފިޔަވަޅުތައް އެޅުން
  •  ގޭތެރޭ ފެންބޮޑުވެއްޖެ ހިނދެއްގައި ހިފާ ގެންގުޅޭ ތަކެއްޗަށް އަސަރު ނުކުރާނޭހެން ތަކެތި ބަދަލުކުރުން
  •  ގަދަ ވައިން ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
  •  ބޭނުން ނުކުރާ ކަރަންޓު ތަކެތި ނިއްވާލާފައި ބެހެއްޓުން
  •  މޫސުމަށް ބަލުމަށް ފަހު ކަނޑު ދަތުރުތައް ކުރުން
  •  ކާޑުގެ ބާވަތްތައް ދަތިނުވާނެ ގޮތަށް ގަނެފައި ބެހެއްޓުން

މިހާރު ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.