ހދ. ހަނިމާދޫ ގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ އުތުރަށް ލޮޅުމެއްގެ އައިސްފައިވާ ކަމަށާ ނަމަވެސް އެކަމުން ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ހދ އަތޮޅުގެ ބައެެއް ރަށްތަކުގެ ބިންގަނޑަށް މިރޭ ލޮޅުމެއް އައި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ބެލިބެލުމުން ހދ. ހަނިމާދޫ ގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
އެ ލޮޅުން އައީ މިރޭ 8:27 ހާއިރު ކަމަށް ވެސް ބުންޏެވެ.
"އެހެން ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ،" މެޓުން ބުންޏެވެ.