މިއަދު ހެނދުން ފެށިގެން މާލެ ސަރަހައްދަށް މޫސުން ވަރަށް ގޯހެވެ. ރޭ ވެސް ވަރަށް ބޯކޮށް ވާރޭވެހުނެވެ. މިއަދު ދެތީން ފަހަރެއްގެ މަތީން ވަރަށް ބޯކޮށް ވާރޭވެހިއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ 9:30 ގެ ނިޔަލަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ އެވެ. ވައި ވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އެ ގޮތުން ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މިއަދު ހެނދުން ފެށިގެން މާލެ ސަރަހައްދަށް މޫސުން ވަރަށް ގޯހެވެ. ރޭ ވެސް ވަރަށް ބޯކޮށް ވާރޭވެހުނެވެ. މިއަދު ދެތީން ފަހަރެއްގެ މަތީން ވަރަށް ބޯކޮށް ވާރޭވެހިއްޖެ އެވެ.
މުޅި ރާއްޖޭގެ މޫސުން ގޯސްތާ މިހާރު ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. މެޓުން ބުނީ މޫސުން ރަނގަޅުވެ އަލިވާން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.