ގަތަރު އެއާވޭސްގެ ފްލައިޓެއް ކޮޅިގަނޑެއްގައިޖެހި 12 މީހަކަށް އަނިޔާ

މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވި ހަފުތާތެރޭ ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ ބަޔަކު ޒަހަމްވެފައި ވަނި ކޮށެވެ.

ގަތަރުއެއާވޭސްގެ ބޯޓެއް: ފްލައިޓެއް ކޮޅިގަނޑެއްގައި ބަޔަކަށް އަނިޔާވި

ދޯހާއިން އަޔަލެންޑުގެ ޑަބްލިންއަށް ދަތުރު ކުރި ގަތަރު އެއާވޭސްގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި 12 މީހަކަށް އަނިޔާ ވެއްޖެ އެވެ.

ޑަބްލިން އެއާޕޯޓުގެ އޮޕަރޭޓަރު، ޑީއޭއޭއިން ބުނީ ބޮއިން 787-9 ޑްރީމްލައިނާ އަށް ޓާބިއުލެންސް ދިމާވީ ތުރުކީގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

އާދީއްތަ ދުވަހު މި ހާދިސާ ހިނގުމާއި ގުޅިގެން ގަތަރު އެއާވޭސްގެ ފްލައިޓް، ކިއުއާރް017 ޖެއްސިތާ ކުޑައިރުކޮޅެއް ތެރޭގައި އެއާޕޯޓް ފުލުހުންނާއި އެމްބިއުލާންސް އަދި ފަޔާ އޮފިސަރުން ހިމެނޭ ގޮތަށް އެމަޖެންސީ ސާވިސަސް އިން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ.

ހަ ފަސިންޖަރުންނާއި ހަ ފަޅުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް އަސަރެއް ނުކުރެ އެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ޑިލޭއަކާއެކު ފްލައިޓްތައް ކުރިއެކޭ އެއްގޮތަށް ދަތުރުތައް ފަށާފައި ވެއެވެ،

"ފްލައިޓުގައި ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން މަދު ބަޔަކަށް ކުދި ކުދި އަނިޔާތައް ލިބިފައިވޭ. އަދި ހާދިސާ މިހާރު ތަހުގީގު ކުރަމުންދޭ،" ގަތަރު އެއާވޭސް އިން މީޑިއާ އަށް ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވި ހަފްތާގައި ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް ކޮޅިގަނޑެއްގައިޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.