ބީއެމްއެލްއިން މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކުރި

ބީއެމްއެލްއިން ވާހަކަ ދެއްކެވި ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ކުދިމެދު ވިޔަފާރިއަށް 1.4 ބިލިއަން ރުފިޔާ ދޫކުރެވުނެވެ.

ޒުވާނުންތަކެއް މަޝްވަރާއެއްގައި : ޒުވާނުން ކުރިއަރުވަން ބީއެމްއެލްއިން އިސްކަންދޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އަލަށް ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވުނު ކަމަށް ބުނެފި އެވެ.

ގައުމީ ބޭންކްއަށް މިދިޔަ އަހަރު ލިބުނު މި ކުރިއެރުންތަކާ ބެހޭ ގޮތުން އޮފް މޯލްޑިވްސްގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ފަރުދުންނާއި ވިޔަފާރިތަކަށް ފަސް ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ދޫކުރެވުނު ކަމަށާ މީގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކުރެވުނުކަން ފާހަގަ ކުރާ ކަމަށެވެ.

"މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ހިދުމަތްތަކަށްވެސް ހެޔޮ ބަދަލު ތަކެއް ގެނެސްފަ އެވެ.

"ތައުލީމަކީ އަޅުގަނޑުމެން އިސްކަމެއްދޭ އެއް ދާއިރާއަކަށްވެފައި، ދިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް 9 ޕަސެންޓުން ފަސް އަށް އަޅުގަނޑުމެން ދަށް ކުރިން. އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް،" ނިމާލް ވިދާޅުވި އެވެ.


2023ގެ ގޮންޖެހުން - މިދިޔަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެކެވެ. މި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދަށް 6.5 ޕަސެންޓް ގެ ކުރިއެރުމެއްވަނީ ލިބިފަ އެވެ. އިގްތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރިއަށްވެސް ކުރި އެވެ. މިގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް ވަނީ 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ. އަދި ހިންގުމުގެ ފައިދާ ހުރީ ކުރީ އަހަރަށް ވުރެ 7 ޕަސެންޓް އިތުރުވެ، 2.7 ބިލިއަން ރުފިޔާގަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާވަނީ ލިބިފަ އެވެ.

ނިމާލް ވިދާޅުވީ މިދިޔަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު ތިން ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމްވެ ހިނގައިގަތް ތަން ފެނުނު ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން ވަނީ އެހީތެރިވެދީފައިވާނެ ކަމަށެވެ.

"ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިން ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމުކަމެއް. މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ޚިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު. ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާރޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަންވެސް ފޯރުކޮށްދެވޭ. މި ބަދަލާއެކު ވިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުންވަނީ ހަރުދަނާ ވެފައި،" ނިމާލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް އަލަށް ގުޅުނު 23,000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ޖުމްލަ ގުޅުނުއިރު މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަށް އަރާފަ އެވެ. މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5,600 ބިޒްނަސް އެކައުންޓް ހުޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.