މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ، ހަރަކާތްތައް ހަފްތާ އަކަށް

މި އަހަރު ވެސް ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލްވުން އޮންނާނެ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެ އެވެ. މީގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ހަފްލާއެއް އޮންނާނެ އެވެ.

މިދިޔަ އަހަރު މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތައް

މި އަހަރުގެ މިނިވަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަަމަށް ސަރުކާރުން ބުނެފި އެވެ.

ބަހާއި ތަރިކައިގެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް ގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވި ގޮތުގައި ދިވެހީން 59 ވަނަ މިނިވަން ދުވަސް މި އަހަރު ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަން ވަނީ ނިންމާފަ އެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ހަފްތާއަށް ކުރިއަށް ގެންދާނެ އެވެ.

އެއީ މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26 ގެ ދެ ދުވަސް ކުރީން ފެށިގެން ޖުލައި 31 ގެ ނިޔަލަށެވެ.

މި އަހަރު ވެސް ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލްވުން އޮންނާނެ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެ އެވެ. މީގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ހަފްލާއެއް އޮންނާނެ އެވެ. އެ ހަފްލާ ގައި ދިދަ ވިހުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާން ވަނީ ރާއްވާފަ އެވެ.

މީގެ އިތުރުން ފުޅަނދުބުރާ އެކު ސުކޫލު ކުދީންގެ ކުޅިވަރާއި ހެވިކަމުގެ ހަރަކާތް ދެއްކުން އޮންނާނެ އެވެ. ސިފައިންނާއި ކެޑޭޓުންގެ ޕެރޭޓާއި ފަންނާނުންގެ ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމު ފެސްޓިވަލެއްގެ އިތުރުން ސުކޫލު ދަރިވަރުންނަށް ހާއްސަކޮށް މަޒުމޫން ލިޔުމާއި ކުރެހުމުގެ މުބާރާތެއް އޮންނާނެ އެވެ. އަދި ހަވާ އެރުވުން ވެސް އޮންނާނެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް މިނިވަން ދުވަހުގެ އުފާ ލިއްބައި ދިނުމަށް އެމްބަސީތަކުން ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ ވަނީ ރާވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.