މާވަށަށް އިއްޔެ 95 މިލިލީޓަރުގެ ވާރޭ ވެހުނު، އަދިވެސް އެ ސަރަހައްދު އޮތީ އެލާޓުގައި

ހުޅަނގު މޫސުމުގެ ބާރު އުތުރާއި މެދު ރާއްޖޭގެ ތެރޭގެ އަތޮޅުތަކަށް ގަދަވެފައި ވަނީ ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި އޭގެ އަސަރު ރާއްޖެއަށް ފޯރާފައިވާތީ އެވެ.

މި ކުރާ ވިއްސާރައިގައި ކަނޑުމަތި: ކަނޑުތައް އަދިވެސް ވަރަށް ގަދަ -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ލ. މާވަށަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

ވޭތުވެ ދިޔަ ތިން ދުވަހުން ލ. އަތޮޅުން ފެށިގެން ހއ. އަތޮޅަށް ދިޔައީ ޔެލޯ އެލާޓާއި ވައިޓް އެލާޓް ނެރެމުންނެވެ. އަދި ލ. އަތޮޅާއި ތ. އަތޮޅަށް ވަކިވަކިން ވެސް މޫސުން ގޯސްވުމުގެ ސަބަބުން އެލާޓްތައް ނެރެފައިވެ އެވެ.

މެޓް އޮފީހުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ މާވަށަށް 95.4 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެން އެންމެ ބޮޑަށް ވިއްސާރަ ކޮށްފައި ވަނީ ލާމުގެ އެއާޕޯޓް ރަށް ކައްދޫ އަށެވެ. އެރަށަށް 84.3 މިލިލީޓަރުގެ ވާރޭ އިއްޔެ ވެހިފައިވެ އެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް 22 މިލިލީޓަރަށް ވުރެ ގިނައިން އިއްޔެ ވާރޭ ވެހިފައެއް ނުވެ އެވެ. ނަމަވެސް ވައި ގަދަވުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް ކަނޑު ގަދަ އެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ވެސް ވަނީ ތ. އަތޮޅާއި ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަނޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އޭގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ވެސް ވަނީ ނެރެފަ އެވެ. މި ސަރަހައްދަށް ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އެލާޓްގައި ބުނެފައި ވަނީ އެ ސަރަހައްދުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ހުޅަނގު މޫސުމުގެ ބާރު އުތުރާއި މެދު ރާއްޖޭގެ ތެރޭގެ އަތޮޅުތަކަށް ގަދަވެފައި ވަނީ ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި އޭގެ އަސަރު ރާއްޖެއަށް ފޯރާފައިވާތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.