ކަރަންޓު ޖެހުނު 18 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުގައި

ބުރާސްފަތި ދުވަހު އުނގޫފާރުގައި ދެ ކުއްޖަކު ކަރަންޓު ޖެހިގެން ފަރުވާދިނެވެ. އޭގެ ތެރެއިން އެއްކުއްޖަކު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.

ކުދީން ކަރަންޓް ގައި ޖެހުނު ސަރަހައްދު ބަންދު ކޮށްފައި -- އުނގޫފާރު.ކޮމްގެ ފޮޓޯއެއް

އުނގޫފާރުގައި މަގުމަތީ ހުރި ހޮޅިދަނޑިއަކުން ކަރަންޓު ޖެހުނު 18 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ކަރަންޓު ޖެހުނީ އުމުރުން 12 އަހަރުގެ ކުއްޖަކާއި، 18 އަހަރުގެ ކުއްޖަކަށެވެ. އެ މަންޒަރު ފެނުނު އަށް އަހަރުގެ ކުއްޖަކު އަނބުރައި ގަނެގެން އޭނާއަށް ވެސް ފަރުވާ ދޭން ޖެހުނެވެ. 

އުނގޫފާރު ހޮސްޕިޓަލުން "މިރާ" އަށް ބުނީ ކަރަންޓު ޖެހުނު 12 އަހަރުގެ ކުއްޖާ އާއި އަނބުރައިގަނެގެން ފަރުވާދިން އަށް އަހަރުގެ ކުއްޖާ މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދިވެސް 18 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމަށާއި، އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

ވެންޓިލޭޓަރުގައި އޮތް ކުއްޖާއަށް ލިބުނު ޝޮކާއިއެކު، ކުއްޖާގެ އެތެރެހައްޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. 

މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ކަރަންޓު ޖެހިގެން ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.