މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުހުރީ 16 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 18 ބިލިއަނުގަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތް ހިންގަން ކުރި ހަރަދުން ދެ ބިލިއަން ކުޑަކޮށް، މިހާ ތަނަށް އާމްދަނީއަށް ބައި ބިލިއަން އިތުރު ވެފައިވާ ކަމަށް ދައްކައިިފި އެވެ.
ފިނޭންސުގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 16 އިގެ ނިޔަލަށް ދައުލަތް ހިންގަން ޖުމްލަ 16 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުތައް ހުރީ 18.2 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ ދެ ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރުމެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 13.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ އަހަރު އާމްދަނީއަށް ލިބުނީ 12.6 ބިލިއަން ރުފިޔާ އެވެ. އެހެންވެ އާމްދަނީއަށް އިތުރުވެފައި ވަނީ ބައި ބިލިއަން ރުފިޔާ ކަމަށް ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13,1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ ހަރަދު ހުރީ 12,6 ބިލިއަން ރުފިޔާގަ އެވެ.
މިހާތަނަށް އާމްދަނީގެ ބައިން ޓެކުހުގެ އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. އަދި ހިލޭ އެހީ ވެސް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް ބަޖެޓުގެ ޖުމްލަ ދަރަނި ވަނީ 4,5 ބިލިއަން ރުފިޔާއިން ދެ ބިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ލޯނު ދައްކަން މިހާތަނަށް 963.2 މިލިއަން ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރު ހަރަދު ކުރީ 959.1 މިލިއަން ރުފިޔާ އެވެ.