ވައިސް ޗާންސެލާ ވަނީ އެ ދަރިވަރުން ތަމްސީލު ކުރަނީ ރާއްޖެކަން ފާހަގަ ކުރައްވާ ރާއްޖެއާ ދިވެހީންނަށް ރީތި ނަން ހޯދުމަށް ގަދަ އަޅާ ހިތްވަރާ އެކު މަސައްކަތް ކުުރުމަށް އެދިވަޑައިގެންފަ އެވެ.
"ދަ އިންޓަނޭޝަނަލް ޔުނިވާސިޓީސް ޑިބޭޓިން ކޮމްޕެޓިޝަން" ގައި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބައިވެރިވެއްޖެ އެވެ.
މިއީ އަރަބި ބަހުން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ މިފަދަ އެންމެ ބޮޑު ބަހުސް މުބާރާތެވެ.
ގަތަރު ގައި ބާއްވާ މި މި އަހަރުގެ މުބާރާތު ގައި އިސްލާމިކް ޔުނިވާސިޓީން ބައިވެރިވާ ދަރިވަރުން މިއަދު ވަނީ ގަތަރަށް ފުރާފަ އެވެ. ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރު ގައި އޮންނަ މުބާރާތް ހިނގާނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި އައިޔޫއެމް ތަމްސީލު ކުރަނީ ތިން ދަަރިވަރުންނެވެ. އެއީ؛
އައިޔޫއެމް އިން ބުނި ގޮތުގައި މި ފަހަރުގެ މުބާރާތު ގައި 50 ގައުމަކުން 100 ޓީމު ބައިވެރިވާނެ އެވެ. މުޅި މުބާރާތު ގައި 600 ވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ އެވެ.
ދިވެހި ދަރިވަރުންގެ ކޯޗަކީ އައިޔޫއެމްގެ އަރަބިކް ލެންގުއޭޖްގެ ޑީން ފައްޔާޒް އަލިމަނިކެވެ.
މި ދަރުވަރުން ފުރުމުގެ ކުރީން ޔުނިވާސިޓީގެ ވައިސް ޗާންސެލާ / މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ސައީދު ބިން ގާސިމް އައި ޑެޕިއުޓީ ވައިސް ޗާންސެލާ އަހްމަދު އަމީން މުހައްމަދު ވަނީ ބައްދަލު ކުރައްވާ ދަރިވަރުންނަށް ހިތްވަރު ދެއްވާ ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
ވައިސް ޗާންސެލާ ވަނީ އެ ދަރިވަރުން ތަމްސީލު ކުރަނީ ރާއްޖެކަން ފާހަގަ ކުރައްވާ ރާއްޖެއާ ދިވެހީންނަށް ރީތި ނަން ހޯދުމަށް ގަދަ އަޅާ ހިތްވަރާ އެކު މަސައްކަތް ކުުރުމަށް އެދިވަޑައިގެންފަ އެވެ.
އައިޔޫއެމް އިން ގެންދަނީ އަރަބި ކޯސްތައް ފުޅާކޮށް ދަރިވަރުންނަށް ފުރުސަތު ފަހިކޮށް ދެމުންނެވެ. އެ ކޯސްތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮވެ އެވެ.