މިނިސްޓަރު ނަސީރު ވިދާޅުވީ ށަވިޔަނިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަަމެއް ނޫން ކަމަށެވެ. ސަބަބަކީ ށ ގެ އަޑަކީ ލަފުޒެެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށް ވާތީ އެވެ.
ށ އަކުރުން ފެށޭ ފަސް ބަހެއް އުފައްދަވާނެ ކަމަށް މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވި ކަމަށް ބުނެ ހަބަރު ފެތުރީ ރަޖިސްޓްރީ ވެސް ނުކުރާ ނޫހަކުންނެވެ. އަދި އެއީ ކޮން ބަޔަކު ހިންގާ ނޫހެއް ކަމެއް ވެސް ނޭންގެ އެވެ. އެކަން ކުރާ ބަޔަކު ކުރަނީ ފޮރުވި ތިބެގެންނެވެ.
ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި މިނިސްޓަރު ނަސީރާ ދެކޮޅު ބަޔަކު އިސްކޮށް ތިބެ އެއީ މިނިސްޓަރު ދެއްކެވި ވާހަކަފުޅެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް ފަތުރާފަ އެވެ. އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އަދި ބަހުގެ އިލްމުވެރީން ކަމަށް ވިދާޅުވާ ބައެއް ބޭފުޅުން ވެސް އެކި މޭރުމުން އެ ވާހަކަތައް ފަތުރާފައިވެ އެވެ. އެފަދަ ބައެއް ބޭފުޅުންނަކީ މިނިސްޓަރު ނަސީރާއި ދެކޮޅު އަދި މިނިސްޓަރުގެ އަގު ވައްޓާލުމަށް މީގެ ކުރީން ވެސް މަަސައްކަތް ކޮށްފައިވާ ބޭފުޅުންނެވެ.
ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ނަސީރު ވިދާޅުވީ ށަވިޔަނިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަަމެއް ނޫން ކަމަށެވެ. ސަބަބަކީ ށ ގެ އަޑަކީ ލަފުޒެެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށް ވާތީ އެވެ.
"އެއީ ގުދުރަތީ ކަމެއްް. ވީމާ ށ އިން ލަފުޒޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން،"
މިނިސްޓަރު ވިދާޅުވީ ށ އިން ފަސް ބަސް އުފައްދަން އުޅޭ ކަަމަށް ބުނެ ބަޔަކު ފަތުރަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ.