ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ގޮތް ދެނެގަތުގެ ދިރާސާ: ހިޔާލު ހުށައަޅަން އެދިއްޖެ

އެމްޑީޕީން މިއަދު ބުނީ އެ ކޮމިޓީއަށް މައުލޫމާތު ދޭން ބޭނުންވާ މީހުންނާއި ހިޔާލު ހުށައައަޅަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ހަރަކާތްތައް ނިންމަން ބޭއްވި ހިނގާލުން -- ފައިލް ފޮޓޯ

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބާއި މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ނާކާމިޔާބުވީ ސަބަބުތައް ދެނެގަތުމަށް ކުރާ ދިރާސާއަށް ހިޔާލު ހުށައެޅުމަށް ހުޅުވާލައިފި އެވެ.

ބޮޑު ދެ އިންތިހާބުގެ ނާކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާކޮށް ދެން ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީސް އެއްވެ ނިންމީ ނާކާމިޔާބުވީ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށެވެ. އެ މަސައްކަތަށް ކޮމެޓީއެއް ވެސް ނެގި އެވެ.

އެއީ މެއި ފުރަތަމަ ދުވަހުގެ ރޭ އޮތް ގައުމީ މަޖިލީސް ޖަލްސާ ގައެވެ.

އެމްޑީޕީން މިއަދު ބުނީ އެ ކޮމިޓީއަށް މައުލޫމާތު ދޭން ބޭނުންވާ މީހުންނާއި ހިޔާލު ހުށައައަޅަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. feedback@mdp.org.mv އަށް މައުލޫމާތާއި ހިޔާލު ހުށައެޅޭނެ އެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭ ގޮތެއް ނުވި އެވެ. އެމްޑީޕީގެ ވެރިކަން ދެމެހެއްޓި، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބޭނެ ކަަމަށް އެ ޕާޓީން ވަރަށް އުންމީދު ކުރި އެވެ. ވަރަށް ބޮޑު ތަފާތަކުން ރައީސް މުއިއްޒުގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ލަފާކޮށް ހިސާބުތައް ޖެހި އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

އޭގެ ފަހުން އައި ވިހިވަނަ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބިފައިވަނީ އެ ޕާޓީގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ލަދުވެތި ނަތީޖާ އެވެ. 93 ދާއިރާ އިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ދާއިރާ އެވެ. ޕާޓީގެ ނަގާ ކިޔާ އެއްވެސް ބޭފުޅަކަށް އިންތިހާބުން ކާމިޔާބު ހޯދޭ ގޮތެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.