އުނގޫފާރުގައި ދެ ކުއްޖަކު ކަރަންޓް ގައި ޖެހި ހާލު ދެރަ ވެއްޖެ

ކަރަންޓް ގައި ޖެހުނީ މަގުމަތީ ކުޅެން އުޅުނު ދެ ކުދީންނެވެ. އެ ދެ ކުދީން ކަރަންޓް ގައި ޖެހުނީ މަގު ބައްތިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ހުރުމުން ކަމަށް ވެ އެވެ.

ކުދީން ކަރަންޓް ގައި ޖެހުނު ސަރަހައްދު ބަންދުކޮށްފައި -- އުނގޫފާރު.ކޮމްގެ ފޮޓޯއެއް

ރ އަތޮޅުގެ ވެރިރަށް -- އުނގޫފާރުގައި ދެ ކުއްޖަކު ކަރަންޓް ގައި ޖެހި ހާލު ދެރަ ވެއްޖެ އެވެ.

ކަރަންޓް ގައި ޖެހުނީ މަގުމަތީ ކުޅެން އުޅުނު ދެ ކުދީންނެވެ. އެ ދެ ކުދީން ކަރަންޓް ގައި ޖެހުނީ މަގު ބައްތިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ހުރުމުން ކަމަށް ވެ އެވެ.

އެ ދެ ކުދީންނަށް އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ. ދެ ކުދީންގެ ހާލު ދެރަ ކަމަށް ހޮސްޕިޓަލުން ދެންމެ ބުންޏެވެ.

ފުލުހުން ވެސް ވަނީ އެފަަދަ ހާދިސާއެއް ހިނގާފައިވާ ކަން ޔަގީންކޮށް ދީފަ އެވެ.

ރަށު ކައުންސިލުން ބުނީ ފުރަތަމަ ކަރަންޓް ގައި ޖެހުނީ އެއް ކުއްޖަކު ކަމަށެވެ. އަދި އަނެއް ކުއްޖާ ކަރަންޓް ގައި ޖެހުނީ އެ ކުއްޖާއަށް އެހީތެރިވާން އުޅުމުގެ ތެރޭގަ އެވެ. އެއީ ބާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކާ 18 އަހަރުގެ ފިރިހެން ކުއްޖެކެވެ.

"އެއް ކުއްޖެއްގެ ހާލު އަދި މާ ދެރަ ކަމަށް މައުލޫމާތު ލިބެނީ. ދެ ކުދީންގެ ހާލު ވެސް ސީރިއަސް،" ކައުންސިލްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މި ހާދިސާގައި އިތުރު ކުއްޖަކަށް ވެސް އަނިޔާވި އެވެ. އެއީ ކަރަންޓްގައި ޖެހުނު މަންޒަރު ފެނުނު ކުއްޖެކެވެ. އެ މަންޒަރު ފެނި ކުއްޖާ ހޭނެތުނީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.