"ސަރުކާރު ހިންގަން ފަސޭހަވާ ގޮތަށް ރައީސް ބަދަލުތައް ގެންނަވާނެ"

"އެގޮތުގެ މަތިން ސަރުކާރު ހިންގުމުގަ އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށް ނުވަތަ އިތުރަށް ހަރުދަނާކޮށް ރަގަޅު ކުރުމަށްޓަކާ ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވި

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެކި ވުޒާރާތަކަށް ބަދަލު ގެންނަވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ސަރުކާރު ހިންގުމަށް ފަސޭހަ ކުރުމަށާއި ކަންކަން ބައްޓަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ސަރުކާރުގެ ވުޒާރާތަކަށާއި ކުންފުނިތަކަށް ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވޭތުވެ ދިޔަ ދެތިން ދުވަހު އެކި އެކި އިދާރާތަކުގެ އިސް ވެރިން މަގާމުތަކުން ވަކިކޮށް އަދި ބައެއް ބޭފުޅުން ސަސްޕެންޑް ކުރައްވަން އޯޑަރު ދެއްވަމުން ގެންދަވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރެއްވުމުންނެވެ.

އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރު ހިންގުމަށް ފަސޭހަވާނެހެން އެކި ވުޒާރާތަކަށް ބޭފުޅުން އައްޔަނު ކުރުމާއި ބަދަލު ކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެގޮތުގެ މަތިން ސަރުކާރު ހިންގުމުގަ އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށް ނުވަތަ އިތުރަށް ހަރުދަނާކޮށް ރަގަޅު ކުރުމަށްޓަކާ ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ކޮރަޕްޝަން ހިންގާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އެމްއެމްޕީއާރްސީގެ ފުރަތަމަ ޗެއާޕާސަން ނޫރައިން ޖަނާހް ވަނީ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. އެ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ރައީސް އިއްޔެ ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މަގާމުން ވަކި ކުރައްވާފަ އެވެ.

އޭގެ ފަހުން އެޗްޑީސީގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހައިރު ވަނީ ވަކިކުރައްވާފަ އެވެ. އަދި އިއްޔެ ވަނީ ދެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ކުރައްވާފަ އެވެ. ދެ ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރެއްވީ ސިޔާސީ މަގާމުތަކުގެ ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ވަކިކުރެއްވި ބޭފުޅުން ވަކި ކުރެއްވީ ކޮން ސަބަބަކާ ގުޅޭ ގޮތުން ކަން ހީނާ މިއަދު ވިދާޅުވެދެއްވާފައެއް ނުވެ އެވެ. ނަމަވެސް އަންނަ ހަފްތާ އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އިތުރު ތަފްސީލު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.