މެޓުން ބުނީ މިރޭ 10:30 ގެ ނިޔަލަށް ށ އަތޮޅުން ފ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެން ކަމުން އެ އަތޮޅުތަކަށް ވަނީ އޮރެންޖު އިންޒާރު ނެރެފަ އެވެ.
މޫސުމީ އިންޒާރުތަކުގެ ތެެރެއިން އޮރެންޖު އިންޒާރު ނެރެނީ އެ ސަރަހައްދެއްގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ -- މެޓުން ބުނީ މިރޭ 10:30 ގެ ނިޔަލަށް ށ އަތޮޅުން ފ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެން ކަމުން އެ އަތޮޅުތަކަށް ވަނީ އޮރެންޖު އިންޒާރު ނެރެފަ އެވެ.
މިވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ގަޑިއަކު 3 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެ އެވެ.
މެޓުން ބުނީ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަކޮށް ވައި ގަދަވެ ކަނޑުތައް ގަދަވެފައި އޮންނަތާ ދެތީން ދުވަހެއް ވެއްޖެ އެވެ.