އާ ޓާމިނަލް ތިން އޭރޯ ބްރިޖާއެކު ނޮވެމްބަރު މަހު ހިދުމަތް ފަށަނީ

ޝަރީފު ވިދާޅުވީ ކުރިއަށްވުރެ ހަ މަސް ދުވަހު މިހާރު މަސައްކަތުގައި ކުރީގައި އުޅޭ ކަމަށެވެ. އެހެންވެ މި އަހަރު ހިދުމަތަށް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

ވީއައިއޭގައި އޭރޯ ބްރިޖު ހަރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރި އާ އިންޓަނޭޝަނަލް ޓާމިނަލް ތިން އޭރޯ ބްރިޖާއެކު ނޮވެމްބަރު މަހު ހިދުމަތަށް ގެންނަން ތައްޔާރުވާން ފަށައިފި އެވެ. 

ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދުވަހު ނޫސް "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި  ކުރިން އަންނަ އަހަރު ހުޅުވަން ނިންމި ޓާމިނަލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ދެއްވި އިރުޝާދާއެކު މަސައްކަތްކޮށް ޓައިމްލައިނަށް ވުރެ ހަ މަސް ދުވަހުގެ އަވަސްކަމެއް ވަނީ ގެނެވިފަ އެވެ. މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޓާމިނަލްގެ ބައެއް މި އަހަރުގެ ޓޫރިޒަމްގެ މައި ސީޒަން ކަމަށްވާ ނޮވެމްބަރު މަހު ހުޅުވާށެވެ. އަލަށް ހުޅުވާ ޓާމިނަލްގައި ހަދާ ހަ އޭރޯބްރިޖުގެ ތެރޭން ތިން ތަނެއް ހިދުމަތަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޓާމިނަލްގެ އެރައިވަލް އާއި ޑިޕާޗާ

  • ހަ ޕެސެންޖާ ބޯޑިން ބްރިޖް
  • 1500 ސްކެއާ މީޓަރުގެ ފްލޯއޭރިއާ
  • 28 ކައުންޓަރު
  • ހަތް އީ ގޭޓް
  • 345 މީޓަރުގެ ދިގު ބެލްޓް
  • 24 ސީޕްލޭން ޗެކިން ކައުންޓަރު
  • ޓޫރިސްޓު ރިސެޕްޝަލް ކައުންޓަރަށް 1000 އަކަމީޓަރު
  • 19 ރިސޯޓް ލަޖުންޖު
  • ޗެކިން އަދި ސްކްރީން އޭރިއާ 2500 އަކަމީޓަރު
  • 50 ޗެކިން ކައުންޓަރު
  • 20 ކައުންޓަރު
  • ހަ އީ- ގޭޓް
  • ސެކިއުރިޓީ ސްކްރީނިންއަށް 1500 އަކަމީޓަރު
  • 10 ސްކްރީނިން މެޝިން
  • 1800 އަކަމީޓަރުގެ ވީއައިޕީ ލައުންޖް އޭރިއާ
  • ދެ އައިސޮލޭޓެޑް ހޯލްޑިން ރޫމް
  • ޖުމްލަ 10 ގޭޓް
ވީއައިއޭ ތަރައްގީ ކުރުން - ބޭރުން ގިނަ ލޯނުތަކެއް ނަގައިގެން ތަރައްގީ ކުރާ ވީއައިއޭއަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ބިޔަ އެއް މަޝްރޫއެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.

ނަމަވެސް މިދިޔަ ވެރިކަމުގައި މި ޓާމިނަލްގެ ކުރެހުމަށް ބަދަލު ގެނައުން ނޫންކަމެއް ނުކުރެ އެވެ. މުޅި މަސައްކަތް ވަނީ ލަސްވެގެން ގޮސްފަ އެވެ. މިކަން ހާމަވެގެން ދިޔައީ ވެރިކަން ބަދަލުވުމަށްފަހު ސަރުކާރުން މިކަން ގާތުން ބަލައި އާއްމު ކުރި ބައެއް މައުލޫމާތު ތަކުންނެވެ. އާ ޓާމިނަލް ހުޅުވެންވާއިރަށް ކުރަން ޖެހޭ ގިނަ މަސައްކަތް ކޮށްފައި ނެތް ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ވީއައިއޭ މި މަޝްރޫއުގެ ދަށުން ހެދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ކޯޑް އެފް ރަންވޭ މިހާރު ވަނީ ހިދުމަތަށް ދޫކޮށްލާފަ އެވެ. އެ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން މިހާރު ވީއައިއޭގައި ރައްކާކުރެވޭ ތެލުގެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ވެސް ވަނީ ހަދައި ނިމުމުގެ މަގުމަތީގަ އެވެ. މި ފިއުލްފާމް ނިމުމުން މިހާރު ލޮރީ ގެންގޮސްގެން ބޯޓަށް ތެޔޮ އެޅުން ނިމިގެން ދާނެ އެވެ. މީގެ އިތުރުން މިހާރު ހުޅުވާ އާ ކާގޯ ޓާމިނަލްއާއެކު އިމްޕޯޓަށް / އެކްސްޕޯޓް އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.