ވިލިމާލޭ ގައި މިހާރުވެސަް ހޮސްޕިޓަލެއް ހުރެ އެވެ. ނަމަވެސް އެ ތަނުން އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުމަކީ އެ އަވަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށްވެފައި އޮވެއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާ ސަރުކާރާއިއެކު ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފި އެވެ.
މާލޭގެ ފަސްވަނަ އަވަށް -- ވިލިމާލޭ ގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅައި ވިލިމާލޭގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެ ރަށުގައި އަޅާ އެ ހޮސްޕިޓަލް ވެގެން ދާނީ ވިލިމާލޭގެ ރައްޔިތުންނަށް މާލެ ނުގޮސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރަނީ ގިނަ ހިދުމަތްތަކެއް ވެސް ލިބޭ ގޮތަށެވެ.
ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަ އެވެ. ވިލިމާލޭ ގައި މިހާރުވެސަް ހޮސްޕިޓަލެއް ހުރެ އެވެ. ނަމަވެސް އެ ތަނުން އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުމަކީ އެ އަވަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށްވެފައި އޮވެއެވެ.