ވަހީދަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ސ. ހިތަދޫ ފްރެސްކޯ، މުހައްމަދު ވަހީދު ހުސައިން އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ވަހީދަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް މެނޭޖިން ޑިރެކްޓަރު ކަން ކުރީން ވެސް ކުރެއްވި ބޭފުޅެކެވެ. ޝެއިހް ރަޝީދު ކުރީން ވެސް ވަނީ ހައްޖު ކޯޕަރޭޝަންގެ އިސް މަގާމުތައް ފުރުއްވާ ފައެވެ.
މީގެ އިތުރުން ގިނަ ކުންފުނިތަކެއްގެ ބޯޑަށް މެންބަރުން ވަނީ އައްޔަނު ކޮށްފަ އެވެ. އެއީ؛