ބްލެކްމެއިލް ކުރި މައްސަލަ: މިހާދުގެ ބަންދަށް ލުޔެއް ނުދިން

ފުލުހުން ބުނީ މިހާދުގެ ބަންދަށް ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. މިފަހަރުވެސް ދިނީ އިތުރު ހަަތް ދުވަހުގެ މުއްދަތެކެވެ.

ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ)

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި އެކު ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި މީހުން ހޯދާ އެ މީހުން ހައްޔަރު ކުރުމަށް ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) ގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ދެ މީހަކު ވަނީ ބަންދުން ދޫކޮށްލަން ކޯޓުން އަންގާފައެވެ. ބަންދުގަައި ބައިތިއްބަން އަމުރު ދިނީ ތިން މީހަކަށެވެ. ފުލުހުން ވަނީ އެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ.

ވަަނަވަރު އާންމުކުރި ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ (41އ) އެވެ.

އެ މީހުންގެ ތެރެއިން ހަމްދޫން އާއި މިހާދު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. ހަމްދޫންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މިހާދުގެ ބަންދަށް ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. މައުމޫން މޫސާ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާދުގެ ބަންދަށް ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. މިފަހަރުވެސް ދިނީ އިތުރު ހަަތް ދުވަހުގެ މުއްދަތެކެވެ.

ރާއްޖޭގެ އެތައް ބައިވަރު ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިނގާ އެކަމަށް އިއުތިރާފުވެފައިވާ އެމްޑީ އަލަމްގީރު ސިފަކޮށް "މި" ނޫހުގެ ގްރެފިކްސް ޑެސްކުން ކުރަހާފައިވާ ކުރެހުމެއް -- މި

އަލަމްގީރު ގުޅުން ހިންގި މީހުންގެ އަދަދު 40 ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ދިވެހީންނާއި އިންޑިއާ އަދި ބަންގާޅު މީހުން ހިމެނެއެވެ. އެ އެންމެންނާއެކު ގުޅުން ހިންގާ އެ މަންޒަރު އޭނާ ވަނީ ސިއްރުން ރެކޯޑް ކޮށްފައެވެ. އެ ހުރިހާ ވީޑިއޯތައް ފުލުހުންގެ ތަހުގީގަށް ހޯދާފައިވާއިރު ވީޑިއޯތަކުން ފެންނަ އެންމެން ދެނެގަނެވިފައެއް ނުވެއެވެ. ގުޅުން ހިންގާ މަންޒަރު ސިއްރުން ރެކޯޑް ކުރީ ފަހުން ބަލައިލުމުގެ ބޭނުމުގައި ކަމަށާ އެކަން ކުރީ ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އަލަމްގީރު ބުނެއެވެ.

ވީޑިއޯތައް ބޭރުވީ އޭނާ އެ ވީޑިއޯތައް ގެންގުޅުނު ފޯން ބަޔަކު މީހުން އަތަށް ލިބުމުން ކަމަށާ އެ ފޯނުގައި އޭރު އެ ވީޑިއޯތައް ނުހުންނާނެ ކަމަށްވެސް އޭނާ ބުނެއެވެ. ވީޑިއޯތައް ޑިލީޑްކޮށްފައި ވަނިކޮށް އަލުން އެ ވީޑިއޯތައް ބަޔަކު ރިކަވާ ކުރީ ކަމަށެވެ. އެކަން ކުރީ އޭނާއާ ގުޅުން އޮންނަ ބައެއް ނޫން ކަމަށްވެސް ބުނެއެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން އެއޯ ފޯނަކުން ރެކޯޑްކޮށްފައިވާ ވީޑިއޯތަކެއް ނޫން ކަމަށް ބެލެވެއެވެ. އެހާވެސް މަންޒަރު ސާފެވެ. އަދި އެއީ ދިވެހީންގެ ބަޔަކާ ގުޅިގެން އޭނާ ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތުން ބުނެއެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން ވީޑިއޯތައް ބޭނުން ކޮށްގެން ބަޔަކު ދިޔައީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރާނެ ކަމުގެ އިންޒާރު ދިނުމުން ބައެއް މީހުން ވަނީ އެ ވީޑިއޯތައް ފުހެލަން ޝަރުތުކޮށް އެތައް ހާސް ރުފިޔާއެއް އެ މީހުންނަށް ދީފައެވެ.

އެ މައްސަލަ ފުލުހަށް ހުށައެެޅި ބަލަމުންދާތާ އެތައް މަސްތަކެއް ވެއްޖެ އެވެ. ފުލުހުން ކުރީންވެސް ވަނީ ބްލެކްމެއިލް ކުރުމުގައި އުޅުނު ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.