މޫސުން ރަނގަޅެއް ނޫން، ދެކުނުގެ ދެ ސިޓީއަށް ނެރުނު އޮރެންޖު ސަމާލު ދަންމާލައިފި

މިރޭ 11 ގެ ނިޔަލަށް އެ ދެ ސިޓީއަށް ވަނީ އޮރެންޖް ސަމާލުގެ ވަގުތު އިތުރުކޮށް ފައެވެ. އަދި ބުނީ މި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށެވެ.

ބ. އަތޮޅު އޭދަފުށީގައި މޫސުން ގޯސްވެ ފުސް ބޯވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް -- އޭދަފުށީ ވޮއިސްގެ ފޮޓޯއެއް

ފުވައްމުލަކާއި އަައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު އޮރެންޖު ސަމާލު ދަންމާލާ މޫސުމަށް ސަމާލުވާން މެޓުން އިލްތިމާާސް ކޮށްފި އެވެ.

އެންމެ ދެކުނުގެ ދެ ސިޓީއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް ސަމާލު ނެރުނީ މިއަދު ހަވީރު 3:00 ގައެވެ. އޭރު ސަމާލު ނެރުނީ މިރޭ 7:00 ގެ ނިޔަލަށެވެ.

އެ ސަމާލު ދަންމާލާ މެޓުން ދެންމެ ބުނީ އައްޑޫއާ ފުވައްމުލަކުގެ މޫސުން އަދި ރަނގަޅު ނޫން ކަމަށެވެ. މިރޭ 11:00 ގެ ނިޔަލަށް އެ ދެ ސިޓީއަށް ވަނީ އޮރެންޖް ސަމާލުގެ ވަގުތު އިތުރުކޮށް ފައެވެ. އަދި ބުނީ މި ވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައި ވެ އެވެ.

ކަނޑުތައް ވެސް ވަރަށް ގަދަ ވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މެޓުން ވަނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ހުދު ސަމާލު ވެސް ނެރެފަ އެވެ. އެ ސަމާލު ނެރެފައި ވަނީ މިރޭ 12:00 ގެ ނިޔަލަށެވެ. މިވަގުތުތަކުގައި ބޯކޮށްވާާރޭވެހޭނެ ކަމަށް ވަނީ ވަނީ ލަފާކޮށް ފައެވެ. އަދި ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.