މައިކްރޮސޮފްޓް ސްވިފްޓްކީ އައިފޯނަށް ހުއްޓާލަނީ

ސްވިފްޓްކީ ކީބޯޑަކީ ސްމާޓްފޯނެއް ބޭނުންކުރާ ނަމަ ދޫކޮށްލަން ހެޔޮވާ ވަރުގެ އެޕްލިކޭޝަނެއް ނޫނެވެ. ޓައިޕް ކުރުން ފަސޭހަވެެ ކަންނެތްވެފައި ވަނީ ތިޔަ ބުނާހެނެއް ވެސް ނޫނެވެ. ލިޔަން ފަށާ ގޮތަށް އިނިގި ނައްޓުވާނުލައި ސްޕޭސްބާއަށް ދެފަހަރު ފިތާލުމުން ފުލުސްޓޮޕް ވެސް ޖަހައިދެ އެވެ. ޒަމާނީ ވާޗުއަލް ކީބޯޑުތަކުގައި މިފަދަ ފަސޭހަ ފީޗާތައް ހުރި ނަމަވެސް ސްވިފްޓްކީ ކީބޯޑު ވަރުގެ ކީބޯޑެއް ތަޖުރިބާ ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

މައިކްރޮސޮފްޓް ސްވިފްޓްކީ ކީބޯޑު އައިއޯއެސް ޑިވައިސްތަކަށް ހުއްޓާލަނީ، އެންޑްރޮއިޑްގައި ބޭނުން ކުރެވޭނެ

މައިކްރޮސޮފްޓް ސްވިފްޓްކީ އައިފޯނަށް -- އައިއޯއެސް ޑިވައިސްތަކަށް ހުއްޓާލަނީ އެވެ. އޮކްޓޯބަރު 5، 2022 އަށް ފަހު އެޕް ސްޓޯރުން މި އެޕްލިކޭޝަން ނުފެންނާނެ އެވެ.

އެހެން ނަމަވެސް، އައިފޯނުގައި، އަދި އައިއޯއެސް ޑިވައިސްތަކުގައި ސްވިފްޓްކީ ބޭނުންކުރާ މީހުންނަށް އެއްވެސް މައްސަލައެއް ނެތި މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ އެވެ.

ސްވިފްޓްކީ އަކީ ވާޗުއަލް ކީބޯޑެކެވެ. އެޕަލްގެ އައިއޯއެސް ޑިވައިސްތަކުގައި އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި -- ފޯނު އުފައްދާއިރު އިންނަ ކީބޯޑުގެ ބަދަލުގައި ބޭނުން ކުރެވޭ ކީބޯޑެކެވެ.

ސްވިޓްކީ އަކީ މި އެޕްލިކޭޝަންގެ ރަން ޒަމާނުގައި ވާދަވެރިއެއް ނެތް އެޕްލިކޭޝަނެކެވެ. އަކުރުތަކުގައި އިނގިލަ ކާއްތާލުމާ އެކު ޓައިޕްކުރަން ބޭނުންވާ ލަފުޒެއް ސްކްރީނަށް އަރުވައި ޓައިޕް ކުރުން އޭގެ ކުރިން ދުވަހަކު ވެސް ނުވާހާ ފަސޭހަ ކޮށްދިން އެޕްލިކޭޝަނެކެވެ.

ސްމާޓްފޯނެއް ގެންގުޅޭ ނަމަ އަދި ސީރިއަސް މަސައްކަތެއް ނުކުރި ނަމަވެސް ސްވިފްޓްކީ އަކީ ދޫކޮށްލައިގެން ފަރުޖެއްސެން ނެތް ކީބޯޑެކެވެ.

އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށް ސްވިފްޓްކީ ހުއްޓާލި ނަމަވެސް، އެންޑްރޮއިޑް ފޯނުތަކަށް މި އެޕްލިކޭޝަން ހުއްޓާލާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. އެންޑްރޮއިޑް ސްމާޓްފޯން ބޭނުންުރާ މީހުންނަށް ޒަމާނާ ގުޅޭ އަޕްޑޭޓްތަކާ އެކު މި އެޕްލިކޭޝަން ކުރިއަށް ދާނެ އެވެ.

ސްވިފްޓްކީ އައިއޯއެސް ޑިވައިސްތަކަށް ހުއްޓާލާ ސަބަބެއް، މައިކްރޮސޮފްޓް އިން އަދި އެޕަލް އިން ވެސް ނުބުނެ އެވެ. ބުނިހާ ވެސް އެއްޗަކީ މަތިގައި ބުނި ތާރީޚުގައި އެޕް ސްޓޯރުން މި އެޕްލިކޭޝަން ނަގާނެ ވާހަކަ އެވެ.

މައިކްރޮސޮފްޓް އިން ސްވިފްޓްކީ ގަތީ ފެބްރުއަރީ 2016 ގައެވެ. އެއިރު 300 މިލިއަން ޑިވައިސް -- އެންޑްރޮއިޑް އަދި އައިއޯއެސް ގައި ބޭނުންކުރެވެ އެވެ.

ސްވިފްޓްކީ އައިއޯއެސް ޑިވައިސްތަކަށް އަޕްޑޭޓް ނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެން ނަމަވެސް އެންޑްރޮއިޑް ޑިވައިސްތަކަށް ބަރާބަރަށް އަޕްޑޭޓް ލިބެ އެވެ. އެންމެ ފަހުން އެންޑްރޮއިޑް ޑިވައިސްތަކަށް މި އެޕްލިކޭޝަން އަޕްޑޭޓްކުރީ ސެޕްޓެމްބަރު 15، 2022 ގައެވެ.

މަތީގައި ބުނެވުނު ތާރީޚަށް ފަހު އައިއޯއެސް ޑިވައިސެއްގައި ސްވިފްޓްކީ ބޭނުންކުރަން އެދޭ ނަމަ މިހާރު އިންސްޓޯލްކޮށްަފައި އިން އެޕްލިކޭޝަން ޑިވައިސްއިން ފޮހެނުލައި ބޭންދުން މުހިންމެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވުން މުހިންމު ނުކުތާއެކެވެ.

ސްވިފްޓްކީ ކީބޯޑަކީ ވަރަށް ގިނަ ބަސް -- ލޭންގުއޭޖް ސަޕޯޓްކުރާ ކީބޯޑެކެވެ. ބޭނުންކުރަން ވަރަށް ފަސޭހަ ކީބޯޑެކެވެ. ތާނަ، އަރިބި އަދި އިތުރު އެތައް ލޭންގްއޭޖެއް މި ކީބޯޑް ސަޕޯޓްކުރެ އެވެ. އަކުރުތަކުގެ މަތިގައި އިނގިލި ކާއްތާލައިގެން ޓައިޕްކުރަން ވެސް ވަރަށް ފަސޭހަ އެވެ.

މިއީ ޓައިޕްކުރުން އިންތިހާއަށް ކަންނެތްކޮށްދޭ އެޕްލިކޭޝަނެކެވެ. އަކުރެއްގައި އިނގިލި ޖައްސާލާ ގޮތަށް ޖުމުލަ ފުރިހަމަކޮށްފައި ނޫނީ ނައްޓާލަން ވެސް ނުޖެހެ އެވެ. ސްޕޭސްބާއަށް ދެފަހަރު ފިތާލުމުން ފުލުސްޓޮޕް ޖަހައިދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.