އެމްއެމްޕީއާރުސީއަށް 40 މިިލިއަން؛ އެމްޓީސީސީއަށް އަށް މިލިއަން ހޯދަން އެންގި، އެންމެ ލާރިއެއް ވެސް ނުހޯދޭ

އޭސީސީން ބުނީ މިދިޔަ އަހަރު ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއް ގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގި ކަމަށެވެ.

އެމްޓީސީސީގެ ހެޑް އޮފީސް

މިދިޔަ އަހަރު އޭސީސީން ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއް ގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގި ނަމަވެސް އޭގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއް ވެސް މިދިޔަ އަހަރު ހޯދިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއް ގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގި ކަމަށެވެ. އެ ގޮތުން އެންމެ ބޮޑެތި މައްސަލަތައް އެ ކޮމިޝަނުން ފާހަގަ ކުރި އެވެ.

  •  އެމްއެމްޕީއާރުސީ - 40،475،200
  •  އެމްޓީސީސީ - 8،484،000
  •  ފެނަކަ ކޯޕަރޭޝަން - 1،389،342

އޭސީސީން ބުނީ މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ލިބިފައި ނެތް ކަމަށެވެ. ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތް ކޮށްފައިވާ މިންވަރު ބަލަ މޮނީޓާ ކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް ވަނީ ގާއިމު ކޮށްފައެވެ. އެ ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލު ކޮށްފައިވާ މިންވަރު ބެލިބެލުމުގައި ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ އެ ކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.