ގުނަވަން އިންދުމުގެ ހިދުމަތް ފެށުމަށް ގާނޫނެއް އެކުލަވާލަނީ

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެފަދަ އޮޕަރޭޝަން އަދި ނުކުރެވުނު ނަމަވެސް ދިވެއްސަކަށް އެފަދަ ހާލަތެއް މެދުވެރިވެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެނަމަ ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދައުލަތުން ފޯރުކޮށްދޭނެ އެވެ.

ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ނޫސްވެރީންގެ ބައްދަލްވުމުގައި

ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ގުނަވަން އިންދުމުގެ / ބަދަލުކުރުމުގެ ހިދުމަތް ފެށުމަށް އެކަމާ ގުޅޭ ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމު ގައި މިނިސްޓަރު ވިދާޅުވީ ގުނަވަން އިންދުމުގެ އޮޕަރޭޝަންތައް ގައުމުތަކުގައި ކުރިއަށް ގެންދަނީ ހާއްސަ ގާނޫނެއްގެ ދަށުން ކަމަށެވެ. އެއީ ވަރަށް ބޭނުންތެރި / މުހިންމު ހިދުމަތެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެފަދަ އޮޕަރޭޝަންތައް ރާއްޖޭގައި ހިންގާ ހޮސްޕިޓަލްތަކުގައި ވެސް ފެށުމަށް އެ ހޮސްޕިޓަލްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ ހިދުމަތް ރާއްޖޭގައި ފެށޭނީ ގާނޫނެއް ވުޖޫދު ކޮށްގެން ކަމަށާ އެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް އާ މަޖިލީސް މި މަހު ފަހުކޮޅު ފެށޭއިރު މި ދައުރުގެ ތެރޭގައި އެ ގާނޫނު ވަޖޫދު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެފަދަ އޮޕަރޭޝަން އަދި ނުކުރެވުނު ނަމަވެސް ދިވެއްސަކަށް އެފަދަ ހާލަތެއް މެދުވެރިވެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެނަމަ ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދައުލަތުން ފޯރުކޮށް ދެމުންދާ ކަމަށެވެ. އަދި އާ ގާނޫނު ވަޖޫދު ވުމާ އެކު އެފަދަ އޮޕަރޭޝަންތައް ރާއްޖޭގައި ފެށިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ހޮސްޕިޓަލް -- އައިޖީއެމްއެޗުން ވަނީ އެފަދަ އޮޕަރޭޝަންތައް ފެށުމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރީން ފަށާފަ އެވެ. އަދި އެންމެ ފަހުން ރާއްޖޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުން ވެސް އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެ އެވެ. 

ރާއްޖޭގައި ކިޑްނީ ބަލީގެ މީހުން ވަރަށް ގިނަ އެވެ. ވަރަށް ގިނަ ބަޔަކު ވަނީ ކިޑްނީ ބަދަލު ކުރަން ޖެހޭ ހާލަތު ގައެވެ. އެއީ ގިނަ ދުވަސްތަކެއް ހޭދަވާ ބޮޑު ފަރުވާ އެކެވެ. ބޭރުގައި ތިބެ އެ ފަރުވާ ހޯދުމަކީ ހަރަދުގެ ގޮތުން ބަލާއިރު ގިނަ ބަޔަކަށް ކުރެވޭ ވަރުގެ ހަރަދެއް ވެސް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.