ބީކޭއިން ފެނުނު ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަދި ނުފޮނުވޭކަމަށް ފުލުހުން ބުނެފި

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ބަނޑޭރިކޮށީގެ ގެއަކުން މަރުވެފައި އޮއްވާ ފެނުނު މީހާ ގެންދަން ފުލުހުން ހަރަކާތްތެރި ވަނީ -- ވަގުތު ފޮޓޯއެއް

ބަނޑޭރިކޮށި (ބީކޭ) ގެ ގެއަކުން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަދި ރާއްޖެއިން ބޭރަށް ނުފޮނުވޭ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހޯމަ ދުވަހު ބަނޑޭރިކޮށީގެ ގެއަކުން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ބަނޑޭރިކޮށީގައި ފަޅަށް ހުންނަ އެޕާޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ހޯމަ ދުވަހު ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައި އޮތް ނަމަވެސް އަދިވެސް އެމީހާގެ ހަށިގަނޑު ބޭރަށް ފޮނުވިފައެއް ނުވެ އެވެ. ރާއްޖޭގައި އަދި އޮޓޮޕްސީ ހެދުމުގެ ހިދުމަތް ފެށިފައި ނެތްއިރު، ފުލުހުންގެ ތަހުގީގުތަކަށް އޮޓޮޕްސީ ހަދަނީ އިންޑިއާއަށް ފޮނުވައިގެންނެވެ. 

ބަނޑޭރިކޮށީ އެޕާޓްމެންޓުގެ ތެރެއިން މީހެއްގެ ހަށިގަނޑު ފެނުނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެތަނަށް ގޮސް ބެލުމުގެ ތެރޭގަ އެވެ. އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަނީ ތަހުގީގުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، މަރުވި ސަބަބު ދެނެގަތުމަށް ކަމަށް ބެލެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.