ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރަށް ވަނީ ސީރިއަސް ޒަހަމުތަކެއް ލިބިވަޑައިގެން ފައެވެ.
އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި ބައްދަލްވުމެއް ގައި ބައިވެރިވެވަޑައިގަތުމަށް ފަހު ނިކުމެވަޑައިގެންނެވި ތަނުން ބޮޑުވަޒީރުގެ ގައިކޮޅަށް ބަޑިން ހަމަލާ ދިނީ އެ ސަރަހައްދު ގައި ހުރި މީހެެކެވެ. އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. މިއީ ސީދާ ފިކޯ އަވަހާރަ ކޮށްލަން ދިން ހަމަލާ އެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ޒަހަމުވެވަޑައިގަތުމުން ހެލްކޮޕްޓަރެއް ގައި މިހާރު ވަނީ ފަރުވާއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރަށް ވަނީ ސީރިއަސް ޒަހަމުތަކެއް ލިބިވަޑައިގެން ފައެވެ. ދެތީން ހަތަރު ހަމަލާ އެއް އަމާޒުވެފައި ވެ އެވެ. އެހެން ކަމުން މިވަގުތު ބޮޑުވަޒީރުގެ ހާލުކޮޅު ވަރަށް ދެރަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.