ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާން ކޮށްފައިވެ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ އަންހެނަކާއި ދިވެހި ދެ ފިރިހެނަކު އުޅޭނެ ތަނެއް ނޭނގިގެން ހޯދަން އިއުލާނެއް ޖަހައިފި އެވެ.
ފުލުސް އިދާރާއިން ބުނީ އެ ތިން މީހުން މަކަރާއިން ހީލަތުން ފައިސާ ހޯދާ މައްސަލަ ބަލަނީ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. އެ ތަހުގީގަށް އެމީހުން ހާޒިރު ކުރުމަށް ބޭނުންވި ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އަދި ބުނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާން ކޮށްފައިވާނެ ކަމަށެވެ.
ފުލުހުން ހޯދާ ދެ ފިރިހެނުންގެ ތެރެއިން އެކަކީ އުމުރުން 25 އަލީ ޝަރީފް / ހއ. ތުރާކުނު، އަސުރުމާގެ އެވެ. އަނެކަކީ ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު. އަލީ ޝަމީމް، 37 އެވެ. މި މައްސަލާގައި ހިމެނޭ ދިވެހި އަންހެނަކީ އައިޝަތު ނުހާ / އދ. ކުނބުރުދޫ، މާބަގީޗާގެ އެވެ. އޭނާއަކީ 24 އަހަރުގެ އަންހެނެކެވެ.