އެ ދަތުރު ކުރަން ޖެހުނު ސަބަބު ވެސް ސާފުކޮށް ދިނެވެ. ބުނީ އެއީ ކުއްލި ދަތުރެއް ކަމަށާ ދަތުރުގައި ތިމަރަފުއްޓަށް ޖައްސަން ޖެހުނީ ކްރޫ އިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، ސިފައިންނަށް ނޭންގި / ހުއްދަ ނުހޯދާ ހެލްކޮޕްޓަރު ދަތުރެއް ކުރި ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ދެއްކެވި ވާހަކަ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ދޮގު ކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ގެންގޮސް ނިމުނު ކަން ހާމަކޮށް އެ ކަމުގެ ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޣައްސާން ވަނީ ރައީސް ސޯލިހްގެ ސަރުކާރުގެ ދުވަސްވަރު ސިފައިންނަށް ނޭންގި / ހުއްދަ ނުހޯދާ ހެލްކޮޕްޓަރު ދަތުރެއް ކުރި ކަމަށް ވިދާޅުވެފައެވެ.
"ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރު [ދަތުރެއް] އޮތީ އަޅާފައި. އެއީ ތިމަރަފުއްޓަށް ލޭންޑް ކުރި އިންސިޑެންޓެއް،"
ޣައްސާންގެ ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ނޫސްތަކުން ސުވާލު ކުރަމުންދާ ކަން ފާހަގަކޮށް ހައި ކޮމިޝަނުން ބުނީ ހެލްކޮޕްޓަރުގެ ހުރިހާ ދަތުރެއް ވެސް ކޮށްފައި ވަނީ އެމްއެންޑީއެފްގެ ހުއްދަަ ހޯދައިގެން ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށެވެ. ޣައްސާން އިޝާރާތް ކުރާ ދަތުރު ކުރީ އޮކްޓޯބަރު 9، 2019 ގައިކަން ފާހަގަކޮށް އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ދަތުރު ކުރީ ވެސް ހުއްދަ ހޯދައިގެން ކަމަށެވެ.
އެ ދަތުރު ކުރަން ޖެހުނު ސަބަބު ވެސް ސާފުކޮށް ދިނެވެ. ބުނީ އެއީ ކުއްލި ދަތުރެއް ކަމަށާ ދަތުރުގައި ތިމަރަފުއްޓަށް ޖައްސަން ޖެހުނީ ކްރޫ އިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ކަމަށެވެ.
އިންޑިއާ އިން ދިން ހެލިކޮޕްޓަރުތައް ބޭނުންކުރަމުން އައީ މެޑިކަލް އިވެކުއޭޝަންތަކާއި މިލިޓަރީ އޮޕަރޭޝަންތަކަށް ކަމަށެވެ. ނަމަވެސް މެޑިކަލް އިވެކުއޭޝަންތަކަށް އެއާ އެމްބިއުލާންސް ތައާރަފްކޮށް މިލިޓަރީ އޮޕަރޭޝަންތަކަށް ތުރުކީން ގެނައި ޑްރޯންތައް ވަނީ ބޭނުން ކުރަން ފަށާފަ އެވެ. ޣައްސާން ވިދާޅުވި ގޮތުގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭނުންކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެވެ.
ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި 76 ސިފައިން ފޮނުވާލާ ހެލްކޮޕްޓަރުތައް އުފެއްދި ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްގެ ބަޔަކަށް ވަނީ އޮޕަރޭޝަނަށް ރާއްޖެ ގެނެސް ފައެވެ.