މޯލްޑިވިއަންގައި ޖުމްލަ 25 ބޯޓެއް އެބައޮތެވެ. މީގެތެރޭގައި އޭޓީއާރު މަރުކާގެ ދެ ބޯޓުވެސް ހިމެނެ އެވެ.
މި އަހަރު ޓޫރިޒަމް ސެޕްޓެމްބަރު އުދުހުންތައް ފަށަން ގައުމީ އެއާލައިނުން ބޮޑު ބޯޓެއް ކުއްޔަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ އެ ކުންފުނީގެ ފްލީޓަށް ތިން އަހަރު ދުވަހުގެ ނިޔަލަށް އުދުހުންތަކުގައި ބޭނުން ކުރަން އެއާބަސް A319ceo ނުވަތަ A320ceo މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން ބޭނުންވެ އެވެ. މި ބޯޓު ރާއްޖެ ގެނެސް މި އަހަރުގެ ޓޫރިޒަމް އޮފް ސީޒަން ފެށެންވާއިރަށް ސެޕްޓެމްބަރު މަހު އުދުހުންތަކުގައި ބޭނުން ކުރާނެ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެ އެވެ.
މި ބޯޓު ފޯރުކޮށްދޭން އެދޭ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ 29 ވަނަ ދުވަހު ބިޑް ހުށަހަޅަން ޖެހެ އެވެ. ބިޑް ހުޅުވުން އޮންނާނީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ.
މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ ބޮޑު ބޯޓެއް ގެނެސް ޗައިނާއަށް އުދުހުންތައް ފަށަން ތައްޔާރު ވަމުންނެވެ. އެ ކުންފުނިން ވަނީ ޗައިނާގެ ފަސް ސިޓީއަކާއި ޔޫރަޕުގެ ބައެއް މަންޒިލްތަކަށް އުދުހުން ފަށާނެ ކަމަށް ބުނެފަ އެވެ.