މޫސުން ވަރަށް ގޯސް؛ ތާލާމަށް އޮރެންޖު، ބ އިން ގއ އަށް ރީންދޫ

މެޓުން މިހާރު ވަނީ ތ އަތޮޅާއި ލ އަތޮޅަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފަ އެވެ. އެ ދެ އަތޮޅަށް ނެރެފައިވަނީ އޮރެންޖް ސަމާލެވެ.

މޫސުން ގޯސްވާނެތީ މެދު އަތޮޅުތަކާ ދެކުނުގެ ބައެއް އަތޮޅުތަކަށް ވަނީ ސަމާލު ނެރެފަ

ރާއްޖޭގެ މޫސުން ގޯސްވެ ގިނަ އަތޮޅުތަކަކަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓުން މިހާރު ވަނީ ތ އަތޮޅާއި ލ އަތޮޅަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފަ އެވެ. އެ ދެ އަތޮޅަށް ނެރެފައިވަނީ އޮރެންޖް ސަމާލެވެ.

މިއީ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް ނެރޭ ސަމާލެކެވެ. ވަރަށް މަދުން ނޫނީ ނުނެރޭ ސަމާލެކެވެ.

މެޓުން ބުނީ މި ދެ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ފެންބޮޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 4:30 ގެ ނިޔަލަށެވެ.

މީގެ އިތުރުން ބ އަތޮޅުން ފެށިގެން ގއ އަތޮޅަށް ރީންދޫ ސަމާލު ވަނީ ނެރެފައެވެ. އެއީ މިރޭ 5:30 ގެ ނިޔަލަށެވެ.

މެޓުން ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މާލެ ސަރަހައްދަށް ވެސް މިއަދު މޫސުން ވަރަށް ގޯހެވެ. ހަވީރުން ފެށިގެން ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހެމުން ދެ އެވެ. ވަރަށް މަދު ވަގުތެއްގައި ނޫނީ ކެރި ކަނޑާ ނުލަ އެވެ. ތުނިތުނި ކޮށް ވާރޭވެހޭތާ ގަޑިއިރުތަކެއް ވެއްޖެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.