އެންމެ އިސްކަން އޮތީ މުދައްރިސުން ތަމްރީނު ކުރުމާ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް

ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމާ އެކު އެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއުއާ ސަލާމު ކުރައްވަނީ

މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއް ރޭވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު މި އަހަރަށް އިސްކަން ދެއްވާނެ މުހިންމު ކަންކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއް ގައި މިނިސްޓަރު ވިދާޅުވީ ދެ ކަމަކަށް ވަރަށް ބޮޑު އިސްކަމެއް މި އަހަރު ދެއްވާނެ ކަމަށެވެ.

އެއް ކަމަކީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުން ކަމަށް ވިދާޅުވި އެވެ. މި ޕްރޮގްރާމާ އެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްކޫލްތަކު ގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އަނެއް ކަމަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފެށުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މުޖްތަމައުގެ އެހީތެރިކަމާ އެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނެ އެވެ.

ރައީސް މުއިއްޒުގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ﷲގެ ވާގިފުޅާއެކު މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.