މިނިސްޓަރު ޒަމީރު ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރާއްޖެއަށް އެ ގައުމުން ވެދޭ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ޒަމީރު ވަނީ ގަތަރުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ ބޮޑުވަޒީރު / ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްސާނީއާ ބައްދަލު ކުރެއްވުން

ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ ބޮޑުވަޒީރު / ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްސާނީއާ ބައްދަލު ކުރައްވައިފި އެވެ.

ބައްދަލްވުމުގެ ފޮޓޯތަކާ އެކު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އެ ގައުމުން ވެދޭ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ޒަމީރު ވަނީ ގަތަރުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން ދެ ގައުމުގެ ވިސްނުމާއި އެއްގޮތަށް އަމަލު ކުރުމާއި ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އިސްލާމީ އުންމަތަށް މިވަގުތު ދިމާވެފައި އޮތް އެންމެ ހިތާމަވެރި މައްސަލަ / ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ގަތަރުން އަދާ ކުރާ މުހިންމު ދައުރު ފާހަގަ ކުރެއްވި ކަމަށެވެ.

މި ދަތުރުފުޅު ގައި ގަތަރު ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯއްދަ ވާނެ އެވެ. މިނިސްޓަރު ޒަމީރު މި ދަތުރުފުޅު ކުރައްވާއިރު މި އަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.