ދެތީން ފަހަރަކު ގަދަ ވިރުވަރާ އެކު ބާރުގަދަ ގުގުރި ޖެހި އެވެ. އަދި މައްޗަންގޮޅީގެ ސަރަހައްދަކަށް ހޮނު އެޅި ކަމަށް ވެ އެވެ. އެއާއެކު އެ ސަރަހައްދުގެ ބައެއް ގެތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
މާލެ ސަރަހައްދުގެ މޫސުން މިއަދު ހަވީރުން ފެށިގެން ގޯހެވެ. މިރޭ ދިހައެއް ޖެހި ފަހުން ކުއްލި ގޮތަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފެށި އެވެ.
އަދި ދެތީން ފަހަރަކު ގަދަ ވިރުވަރާ އެކު ބާރުގަދަ ގުގުރި ޖެހި އެވެ. އަދި މައްޗަންގޮޅީގެ ސަރަހައްދަކަށް ހޮނު އެޅި ކަމަށް ވެ އެވެ. އެއާއެކު އެ ސަރަހައްދުގެ ބައެއް ގެތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ވެސް ބުނީ މައްޗަންގޮޅީގެ ބައެއް ގެތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ހޮޅު އެޅި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ބުންޏެވެ. އެ ކުންފުނިން ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދީފަ އެވެ.
ބޯކޮށްވާރޭވެހުމާއި ގުޅިގެން މިހާރު ވަނީ ބައެއް ސަރަހައްދުތަކުގައި ފެން ވެސް ބޮޑުވެފައެވެ.