ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ތެލެސީމިއާ ކުދީންގެ ފުރިހަމަ ދުޅަހެޔޮ ކަމަށްޓަކާ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ ތެލެސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން ކަމަށާ މަސައްކަތް ކުރާނީ އެ ކުދީންގެ ފުރިހަމަ ދުޅަހެޔޮ ކަމަށްޓަކާ ކަމަށެވެ.
ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މީގެ އިތުރުން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދައިދިނުމާއި ތެލެސީމިއާ ކުދީންނަށް ހާއްސަ ހޮސްޕިޓަލެއް އަޅައިދިނުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. މިހާރު ވެސް ވަނީ ހިލޭ ބޯންމެރޯ ހަދަން ހަތަރު / ފަސް ކުއްޖަކު ރާއްޖޭން ބޭރަށް ފުރާފަ އެވެ. ފަސް އަހަރުން 50 ކުދިންނަށް އެ ފުރުސަތު ހޯދައިދޭން ސަރުކާރުން ވަނީ ވައުދުވެފަ އެވެ.