އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވަނީ ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީއަށް ހާއްސަކޮށް ތަޢުލީމާއި ސިއްހީ އަދި މުޖްތަމައުގެ ތަރައްގީގެ ދާއިރާއަށް 106 މިލިއަން ދިވެހި ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވެފައެވެ. މި އެހީގެ ދަށުން 18 މަސައްކަތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ބ. ދަރަވަންދޫ ހެލްތް ސެންޓަރުގައި އިމާޖެންސީ އެންޑް ޓްރޯމާ ޔުނިޓް ގާއިމުކޮށްފި އެވެ.
މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި ޔުނިޓެކެވެ. މި މަސައްކަތަށް އިންޑިއާ ސަރުކާރުން 7.5 މިލިއަން ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވަނީ ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީއަށް ހާއްސަކޮށް ތަޢުލީމާއި ސިއްހީ އަދި މުޖްތަމައުގެ ތަރައްގީގެ ދާއިރާއަށް 106 މިލިއަން ދިވެހި ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވެފައެވެ. މި އެހީގެ ދަށުން 18 މަސައްކަތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ދަރަވަންދޫ ހެލްތް ސެންޓަރުގައި އިމާޖެންސީ އެންޑް ޓްރޯމާ ޔުނިޓެއް ގާއިމު ކުރުމަކީ އޭގެ އެއް މަސައްކަތެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނި ގޮތުގައި ދަރަވަންދޫ ހެލްތް ސެންޓަރުގައި އިމާޖެންސީ އެންޑް ޓްރޯމާ ޔުނިޓް ގާއިމުކުރުމުގެ މަގުސަދަކީ އަތޮޅުތަކުގެ ސިއްހީ މަރުކަޒުގައި ކުއްލި ސިއްޙީ ހިދުމަތް ދިނުމައްޓަކައި އިމާޖެންސީ އެންޑް ޓްރޯމާ އަށް ބޭނުންވާ އާލާތްތައް ގާއިމު ކުުރުމާއި ސިއްހީ ހިދްމަތް އަޕްގްރޭޑްކޮށް ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ގާބިލްކަން އިތުރަށް ވަރުގަދަ ކުރުން ކަަމަށެވެ.
މިގޮތުން ތަރައްގީ ކުރެވިގެންދާ ސިއްހީ ހީދްމަތްދޭ ތަންތަން ނެޝަނަލް ޑިސާސްޓާ ރެސްޕޮންސް ޕްލޭން ނެޓްވޯކް އާއި ގުޅައިލާ މިފަދަ ތަންތަނުގެ ބޭނުން ރަށުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ ރޭވުންތަކުގައި ހިމެނުން ކަމަށެވެ.
ދަރަވަންދޫ ހެލްތް ސެންޓަރުގައި އިމާޖެންސީ އެންޑް ޓްރޯމާ ޔުނިޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މުނު މަހާވަރު ވިދާޅުވި ގޮތުގައި މި ޔުނިޓުގެ މަސައްކަތުންވެސް ދޭހަކޮށް ދެނީ ރާއްޖެ-އިންޑިއާގެ ފުޅާ / ވަރުގަދަ ގުޅުމެވެ.
"އިންޑިއާ އާއި ދިވެހިރާއްޖޭގެ ތަރައްގީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރުއަރާފައި، މި ގުޅުމަކީ ވަރަށް ފުޅާ ގުޅުމެއް. އެގޮތުން މި ގުޅުމުގެ ތެރެއިން އުމްރާނީ މަސައްކަތްތަކާއި އިޖްތިމާއީ ތަރައްގީގެ މަސައްކަތްތަކުގެ އިތުރުން ތަމްރީނާއި ގާބިލިއްޔަތުކަން އިތުރުކުރުން ހިމެނޭ،" ސަފީރު ވިދާޅުވިއެވެ.